އިސްރާއީލުން ގާޒާ އަށް ދީފައިވާ ގެއްލުން ބެލުމަށް އެލަން މަސްކަށް ދައުވަތު ދީފިއެވެ.

އެލަން މަސްކަށް ދައުވަތު ދީފައި ވަނީ ހަމާސްގެ ސީނިއާ އޮފިޝަލް އުސާމާ ހަމްދާނެވެ. އުސާމާ ވަނީ ނިއުސް ކޮންފަރެންސެއްގައި، އިސްރާއީލުން ގާޒާ އަށް ބޮން އަޅައި ދީފައިވާ ގެއްލުން ބެލުމަށް މަސްކު އަށް ދައުވަތު ދީފައެވެ.

މިދިޔަ ހޯމަ ދުވަހު މަސްކު ވަނީ ވަނީ ހަމާސް އިން ގެއްލުން ދިން ކަމަށް ބުނާ އިސްރާއީލުގެ ސަރަހައްދު ބަލާލުމަށް އިސްރާއީލަށް ދަތުރު ކޮށްފައެވެ.

ހަމާސްގެ ސީނިއާ އޮފިޝަލް އުސާމާ ހަމްދާން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވަނީ އެންމެ 50 ދުވަހުގެ ތެރޭގައި 40،000 ޓަުގެ ބޮވާތަކެތި އިސްރާއީލުން ފަލަސްތީނަށް އަޅާފައިވާކަމަށް ބުނެ އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ގޮވާލާފައެވެ.

އިސްރާއީލާއި ފަލަސްތީނުގެ މަޝްރަހު ގޯސްވެ ދެގައުމު ދެމެދު ހަމަލާތައް މަދަލު ކުރަންފަށާފައިވާއިރު މިހާތަނަށް 16،000 އަށް ވުރެން ގިނަ މީހުން ފަލަސްތީނުން މަރުވެފައިވެއެވެ.