ރާއްޖޭގެ ފަތުރުވެރިކަމަށް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މުހައްމަދު އުމަރު މަނިކުގެ (އެމްޔޫ މަނިކު)ގެ އަގު ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އިން ވަޒަންކޮށްފިއެވެ.

އެމްޔޫ މަނިކުގެ އަގުވަޒަންކޮށް ޝަރަފުވެރިކަމުގެ ހަނދާނީ ފިލައެއް އޭނާއަށް އެރުވީ ސަޓާ އިން ކުރުނބާ މޯލްޑިވްސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެމްޔޫ މަނިކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަސައްވުރު ބައްޓަންކޮށް ކުރިއެރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާގެ ދެމެހެއްޓެނިވި އަޒުމަކާއި އުފެއްދުންތެރި ހިދުމަތްތަކާއި ކެނޑިނޭޅި ކުރެއްވި މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަން ވަނީ އެހެން ހަރުފަތަކަށް ގެންގޮސްދީފައެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް ސަޓާއިން ކުރަމުންދާ މަސައްކަތަށް ބައިނަލްއަގުވާމީ އަދި ސަރުކާރުގެ 15 އަށްވުރެ ގިނަ އިދާރާތަކުން ވަނީ އެންޑޯޒްކޮށްފައެވެ.

• އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓުއަރިޒަމް (އޭޕީޓީ)،

• އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޯގަނައިޒޭޝަންސް، އިންޑިއާ (އޭޓީޓީއޯއައި)،

• އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އޭޓީއޭ)،

• ކޮލަމްބޯ ޗެމްބަރ އޮފް ކޮމާސް (ސީސީސީ)،

• ކޮންފެޑެރޭޝަން އޮފް އެކްރެޑިޓެޑް ޓުއާ އޮޕަރޭޓާސް (ސީއޭޓީއޯ)،

• ފެޑެރޭޝަން އޮފް ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އޮފް ސްރީލަންކާ (އެފްސީސީއައިއެސްއެލް)،

• ހޮޓެލް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް ބޫޓާން (އެޗްއާރްއޭބީ)،

• ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖަރ ކްލަބް (ކޭއެޗްޖީއެމްސީ)،

• ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)،

• މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)،.