ފ. މަގޫދޫ އެއާޕޯޓު، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީ)އާ ހަވާލުކޮށްފިއެވެ.
އާރުއޭސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަގޫދޫގައި ތަރައްގީކުރަމުން އަންނަ އެއާޕޯޓުގެ ހިންގުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށާއި އެއާއެކު އެ އެއާޕޯޓުގެ ހިންގުމުގެ އެންމެހާ ބާރުތައް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ އެއާޕޯޓު ހެދުމުގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ނަމަ، އަންނަ ޖެނުއަރީ މަހުގެ ތެރޭގައި އެއާޕޯޓު އޮޕަރޭޓު ކުރެވޭނެ ކަމަށް އާރުއޭސީން ބުންޏެވެ.
މަގޫދޫ އެއާޕޯޓުގެ މަސަައްކަތް 231.5 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 19 އޮކްޓޯބަރު 2022 ގައެވެ. އެއާޕޯޓުގެ މަސައްކަތް ނިންމަން ދީފައިވަނީ 550 ދުވަހެވެ. އެންމެ ފުރަތަމަ އެ އެއާޕޯޓުގައި އަޅަން ނިންމީ 1،200 މީޓަރުގެ ރަންވޭއެކެވެ. ނަމަވެސް އެ އެއާޕޯޓަށް ޕްރައިވެޓް ޖެޓުވެސް ޖެއްސޭނެ ގޮތަށް، 1،800 މީޓަރުގެ ރަންވޭއެއް އެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފަހުން ނިންްމެވިއެވެ.
އާރުއޭސީގެ ބަޔާނުގައި ބުނީ އެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ އިރު، އެއާޕޯޓުގެ ފަޔާ ބިލްޑިންގެ މަސައްކަތާއި ޕެސެންޖާ ޓާމިނަލް ސްޓްރަކްޗާގެ މަސައްކަތްވެސް ނިމިފައިވާ ކަމަށާއި ފިނިޝިންގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
އަދި ޖެޓުތައް ޕާކުކުރެވޭނެ ޕާކިން ސަރަހައްދަކާއި ޖެޓް ފިއުލް ފާމެއް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި ޖެޓުތަކުގައި އަންނަ ކްރޫއިން މަޑުކުރެވޭނެ ހޮޓަލެއް އެއާޕޯޓާއެކު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު