ގާޒާއަށް 700،000 ޑޮލަރުގެ އެހީ ފޮނުވަން ތައްޔާރުވެފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އިން ބުނެފިއެވެ.

އައިއޭސީން ރޭ ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އެ ޕްރޮޖެކްޓަކީ ރާއްޖޭން ބޭރުގެ އިތުރު 4 އެއިޑަކާ ގުޅިގެން ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މިފަހަރު ފޮނުވާ ގާފިލާގައި 6 ޓްރަކް ހިމެނޭ އިރު، މިއީ ދިވެހިންގެ ފަރާތުން މިހާތަނަށް ގާޒާއަށް ފޮނުވާ އެންމެ ބޮޑު ގާފިލާކަމަށް ބުންޏެވެ.

އައިއޭސީން ބުނީ އެ ކޮންވޯއީގައި ޖުމުލަ 700،000 ލައްކަ ޑޮލަރުގެ އެހީ ހިމެނޭނެ ކަމަށާއި އަދި ވަރަށް އަވަހަށް އިތުރު ޓްރަކްތައްވެސް ފޮނުވާނެ ކަމަށެވެ.

  • 3 ކޮންޓެއިނަރު ބޭސް އަދި ސިއްހީ ސާމާނު
  • 2 ކޮންޓެއިނަރު ފެން
  • 1 ކޮންޓެއިނަރު ފުށް

އޭގެ އިތުރުން އޭގެ ތެރޭގައި ކުޑަކުދީން ބޯ ކިރުޕެކެޓުވެސް ހިމެނޭނެ ކަމަށް އައިއޭސީން ހިއްސާކުރި ވީޑިއޯގައި ބުންޏެވެ. ފޮނުވާ ސިއްހީ ސާމާނުގެ ތެރޭގައި އެންޓިބަޔޯޓިކާއި އައިވީ ކުލްކޯޒް އަދި އެކި ބާވަތުގެ ބޭސް ހިމެނޭއިރު، އެ ތަކެތި ފޮނުވަނީ މިސްރުގައި ތިބި ޑޮކްޓަރުންގެވެސް ލަފަޔާއެކު ކަމަށް އައިއޭސީން ބުންޏެވެ.

ގާޒާއަށް ފޮނުވާ ޓްރަކު ލޯޑުކުރުމުގައި އަދި އެނޫންވެސް ގޮތްގޮތުން އައިއޭސީއަށް އެހޯ ފޯރުކޮށްދިނުމަށް މިސްރުގައި ކިޔަވާ ދިވެހި ދަރިވަރުންވެސް ހަރަކާތްތެރި ވަމުން ދެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ވެވެން ހުރި އެހީއެއް ވާނެ ކަމަށް އެ ވީޑިއޯގައި ވާހަކަ ދެއްކި ދިވެހި ދަރިވަރަކު ބުންޏެވެ.

އެހީ ހިފައިގެން ރަފާ ބޯޑަރަށް ދާ ގާފިލާގައި އައިއޭސީގެ އެކަކަށް ދިއުމުގެ ފުރުސަތު ލިބިފައިވާ ކަމަށްވެސް އައިއޭސީން ބުންޏެވެ.