ހޮންކޮންގް އިން އޫރު ރޯގާ ފެނިގެން ފިޔަވަޅު އަޅައިފިއެވެ.

ހޮންކޮންގުގެ ކަމާބެހޭ އިދާރާތަކުން ވަނީ އެ ގައުމުގެ އޫރު ގެންގުޅޭ ފާމަކުން އެފްރިކާއިން ފެނިފައިވާ އޫރު ރޯގާގެ ވައްތަރެއް ފެނިފައިވާކަމަށް ބުނެފައެވެ.

އޫރު ރޯގާގެ އަލާމާތްތައް ފެނުނު ފާމް ބަންދުކޮށް އެ ފާމްގައި ތިބި 5600 އޫރު ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

ގަވާއިދާ އެއްގޮތައް ހިންގަމުން ގެންދިޔަ އެ އޫރޫ ފާމުން ވަނީ 37 އޫރު އޫރު ރޯގާއަށް ޕޮޒިޓިވްވެފައި ވެއެވެ.

ޖަނަވާރުގެ ސިއްހަތާބެހޭ ދުނިޔޭގެ މައި އިދާރާއިން ވަނީ ހޮންކޮންގުން ފެނުނު އޫރު ރޯގާއަކީ އިންސާނުންނަށް ނުރައްކާ ވާވަރުގެ ރޯގާއެއް ނޫންކަމަށް ބުނެފައެވެ. ނަމަވެސް އެ ރޯގާގެ ސަބަބުން އޫރުތަކަށް ނުރައްކާ ވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ހޮންކޮންގުގެ ކަމާބެހޭ އިދާރާތަކުން ގުޅިގެން ބޭރުގެ އެހީގައި އޫރު ރޯގާ އެ ގައުމަށް އެތެރެވި ގޮތް ހޯދައި ތަހުގީގު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.