އިޒްރޭލުގެ ހަމަލާތަކުގައި އެކި ކަހަލަގެ ޒަހަމްތައް ލިބިފައިވާ ގާޒާގެ ކުޑަކުދިންނަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ކުޅޭސާމާނު ބަހާފައިވާ ކަމަށް އެ ހަރަކާތުން ބުނެފިއެވެ.
އައިއޭސީން މިރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ޒަހަމްވެފައިވާ ގާޒާގެ ކުޑަކުދިންނަށް ޒިޔާރަތްކޮށް އެ ކުދިންނާ ވާހަކަދައްކައި އުފާކޮށްދެވޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އަގްސާ ހޮސްޕިޓަލުގައި ތިބި 700 ކުއްޖަކަށް ޒިޔާރަތްކޮށް ކުޅޭ ސާމާނު ބަހާފައިވާ ކަމަށް ބުންޏެވެ.
އައިއޭސީން ބުނީ، ގާޒާގެ 200 އާއިލާއަކަށް 500 ޑޮލަރުގެ އެެމެރިކާ ޑޮލަރުގެ މަގުން ނަގުދު ފައިސާވެސް ބަހަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ފައިސާ ބަހާފައި މިވަނީ ދޭރް ބަލަހްގެ ހިސާބުގައި ގާޒާގެ ރައްޔިތުގެ ފިހާރަތަކާއި ބައެއް މާރުކޭޓުތައްވެސް ހުރުމާއެކު، މި ފައިސާގެ ބޭނުން ހިފި އެ ރައްޔިތުންނަށް ކޮންމެސް ލުޔެއް ލިބިގެންދާނެތީ،" އައިއޭސީން ބުންޏެވެ.
އައިއޭސީން މީގެ ކުރިންވެސް ވަނީ ގާޒާގެ 200 އާއިލާއަކަށް 500 ޑޮލަރުގެ މަގުން 150،000 ޑޮލަރު ބަހައިފައެވެ.
ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 10،000 މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު