ފަލަސްތީނަށް އެހީވުމަށް މަމްސް އެންޖީއޯ އިން މާދަމާ ފަންޑު ރެއިސް ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މަމްސް އެންޖީއޯއިން މިއަދު "ވަން" އަށް ބުނި ގޮތުގައި ފަންޑު ރެއިސް ކުރުމުގެ ހަރަކާތް ކުރިއަށްދާނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކް ސަރަހައްދުގައި މާދަމާ މެންދުރު 2:00 އިން ރޭގަނޑު 10:00 އަކަށެވެ.

އެ ހަރަކާތުގައި ކިޑްސް ކޯނަރަކާއި ކާތަކެތީގެ ސްޓޯލްތަކާއި އެކި ކަހަލަގެ އެއްޗެހި ވިއްކާ ސްޓޯލްތައްވެސް ހުންނާނެއެވެ.

މަމްސް އެންޖީއޯއިން ވަނީ މިދިޔަ ހޮނިހިރު ދުވަހުވެސް ފަންޑް ރެއިސިން ހަރަކާތެއް ހިޔާ ސަރަހައްދުގައި ބާއްވައިފައެވެ. އެ ފަހަރު ލިބުނު 98,333.37 ރުފިޔާ އާއި 213 ޑޮލަރު އެ ޖަމިއްޔާއިން ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ހުޅުވާލާފައިވާ ގައްޒާ އިމަޖެންސީ ރިލީފް ފަންޑަށް ހަދިޔާކޮށްފައެވެ.