ދިވެހިންގެ އެހީގައި ފަލަސްތީނުގައި ބިނާކުރަމުން އަންނަ ފުރަތަމަ މިސްކިތުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފިއެވެ.
އައިއޭސީއިން މިއަދު ބުނީ، ދިވެހިންގެ އެހީގައި، "މަސްޖިދުލް ޤުއްދޫސް" ގެ ނަމުގައި ބިނާކުރަމު އަންނަ މިސްކިތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން ހިއްކުން, ބެކްފިލިންގް, ކޮންކްރީޓް މަސައްކަތް އަދި ރޭނުމުގެ މަސައްކަތް އެކީ ނިމިފައިވާ ކަމަކަށެވެ.
މި މިސްކިތުގެ އިތުރަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރޭގައި ފާހަނާތަކުގައި މުށިޖެހުން، އިންޓީރިއާ މަސައްކަތް، ކުލަލުން، އެލްމިނިއަމް މަސައްކަތް. މިސްކިތުގެ ސައުންޑް މަސައްކަތް، ކާޕެޓް އަދި މިސްކިތުގެ މިންބަރުގެ މަސަކަތް ހިމެނޭ ކަމުގައި އައިއޭސީއިން ބުންޏެވެ.
އިސްރާއީލުން ފަލަސްތީނަށް ހަމަލާދީ، ގަތުލް އާންމު ހިންގުން އަނެއްކާވެސް ވަނީ ފެށިފައެވެ. މި ގަތުލު އާންމު މެދުއިރުމަތީގެ ވަރުގަދަ ހަނގުރާމަޔަކަށް ވެދާނެ ކަމަށަ ބައެއް ފަރާތްތަކުން އަންނަނީ އިންޒާރު ދެމުންނެވެ.
މި މިސްކިތަކީ ތިން ފަންގިފިލާއަށް ބިނާކުރާ މިސްކިތެއްކަމަށާއި އެތަނުގްއި ވުލުކުރާނެތަނަކާއި ހަތަރު ފާހަނާވެސް ހުންނާނެކަމުގައި އައިއޭސީ އިން ބުނެއެވެ. އަދި މި މިސްކިތަކީ 7000 އަކަ މީޓަރު ފުޅާ އަދި 11000 ( އެގާރަހާސް)އަށް ވުރެއިން ގިނަ މީހުންގެ ޖަގައގެ މިސްކިތެއް ކަމަށްވެސް އެޖަމިއްޔާއިން ބުނެއެވެ.
ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން މަސްޖިދު ހިމެނޭ އަލްތުއްފާޙް(އިރުމަތީ ގައްޒާ) ސަރަހައްދުވަނީ ނުރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅިފަކަމަށާއި އިއްޔެއާއި ހަމައަށް މިސްކިތަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވާކަމަށްވެސް އެޖަމިއްޔާއިން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު