ފަލަސްތީންގެ އާއިލާތަކަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ފައިސާގެ އެހީ ފޯރުކޮށްދީފިއެވެ.
އައިއޭސީން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ފަލަސްތީންގެ 200 އާއިލާއަކަށް 500 ޑޮލަރުގެ އެެމެރިކާ ޑޮލަރުގެ މަގުން ނަގުދު ފައިސާ ދީފައިވާ ކަމަށެވެ. އެއީ ޖުމުލަ އެއްލައްކަ ޑޮލަރު ނުވަތަ 1.5 މިލިއަން ދިވެހި ރުފިޔާއެވެ.
އައިއޭސީން ބުނީ އެ ފައިސާގެ އެހީ ދޭން ނިންމީ ގިނަ އާއިލާތަކެއްގެ އެދުމުގެ މަތިން ކަމަށެވެ. އަދި އޭގެ ތެރޭގައި އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އާއިލާތަކާއި ދިރިއުޅޭ ގެތައް ސުންނާފަތިވި އާއިލާތައް ހިމެނޭ ކަމަށް ބުންޏެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 3،480 މީހުން ޝަހީދުވެފައިވާއިރު، މިލިއަނެއްހާ މީހުން ވަނީ މަގުމަތިވެފައެވެ.
ފަލަސްތީނަށް އެހީވުމަށް އައިއޭސީން އިސްނަގައިގެން ފަންޑެއް ހުޅުވާފައިވާއިރު، އެ ފަންޑަށް މިހާތަނަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު