ކޭކް ޑޮނާސް އިން 11 ގަޑި އިރުގެ ތެރޭގައި 350،000 ރުފިޔާ ހޯދައި ގާޒާ ރިލީފް ފަނޑަށް ހަދިޔާކޮށްފިއެވެ.
ކޭކާ ޑޮނާސްއިން ވަނީ އިއްޔެ މާލޭގެ ހަތަރު ސަރަހައްދެއްގައި އަދި ހުޅުމާލޭގައި ތިން ސަރަހައްދެއްގައި ތަފާތު އެކި ވައްތަރުގެ ކެއުންތަކާއި ޕޭސްޓްރީސްތައް ވިއްކަން ސްޓޯލްތައް ބަހައްޓައިފައެވެ. ސްޓޯލްތައް ބަހައްޓާފައިވަނީ ހެނދުނު 7:00 އިން ހަވީރު 6:00 އަށެވެ.
ކޭކް ޑޮނާސްއިން ބުނީ ފަލަސްތީނަށް އެހީވުމުގެ ގޮތުން ބޭއްވި އެ ހަރަކާތުން 341،865 ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ހދ. ފިނޭގައި ހަރަކާތްތެރިވި ވޮލެންޓިއަރުގެ ފަރާތުން 5،406 ރުފިޔާ ލިބުނު ކަމަށެވެ. އެއީ ޖުމްލަ 347،271 ރުފިޔާއެވެ. މީގެ އިތުރުން 55 ޔޫރޯ އަދި 365 ޑޮލަރު ލިބުނު ކަމަށެވެ.
އެ ހުރިހާ ފައިސާއެއް ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އަށް ހަދިޔާކޮށްފައި ކަމަށް ކޭކް ޑޮނާސްއިން ބުންޏެވެ.
ކޭކު ޑޮނާސް އަކީ 2016 ވަނަ އަހަރުން ފެށިގެން އިޖުތިމާއީ އެކި ކަންކަމަށާއި އެކި ހާދިސާތަކާއި ބަލިތަކާ ގުޅިގެން އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކޭކު އަދި ޕޭސްޓްރީ ވިއްކަމުންދާ ފަރާތެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު