ފަލަސްތީނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވި ފަންޑަށް މިހާތަނަށް ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން މިއަދު ބުނެފިއެވެ.
އެ ޖަމިއްޔާގެ މީޑިއާ އެންޑް ޕީއާރު ޑިރެކްޓަރު "ވަން" އަށް މިއަދު ވިދާޅުވީ މި މަހުގެ 8 ވަނަ ދުވަހު ހުޅުވި އިމަޖެންސީ ފަންޑަށް، އޮންލައިންކޮށް އެކަނިވެސް ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ފަންޑު ފޮށިތަކުންނާއި އެހެން ގޮތް ގޮތުން ލިބިފައިވާ ހުރި ފައިސާ ގުނުމަށްފަހު އެ އަދަދު ހާމަކުރާނެ ކަމަށް ވިދާޅުވިއެވެ.
އައިއޭސީގެ ފަންޑު ބަންދުކުރާނެ ވަކި ދުވަހެއް އަދި ނުނިންމައެވެ.
މި މަހުގެ ހަތްވަނަ ދުވަހު ފެށި ހަނގުރާމައިގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 2،700 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިރު، މިލިއަނެއްހާ މީހުން ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު