ރާއްޖެއިން 2026 ގައި އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރަންޖެހޭއިރު، އެ ދަރަނީގެ އަސަރު ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން ނެރުނު މި ސަރަހައްދުގެ އިގުތިސޯދީ ހާލަތާ ގުޅޭ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން ރާއްޖެއަށް 2026 ވަނަ އަހަރު މާލީ އެންމެ ބޮޑު ގޮންޖެހުން ކުރިމަތިވާ އިރު، ބޭރުގެ ފައިނޭންސިން ހޯދަން ޖެހުމުގެ ފުރުސަތު ބޮޑެވެ.

ނަމަވެސް ފައިނޭންސިން ހޯދުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެ، މާލީ ދާއިރާއަށާއި ޕްރައިވެޓް ސެކްޓަރަށް އެކަމުގެ އަސަރުކޮށް، ރާއްޖޭގެ ފިސްކަލް ހާލަތަށް ބަދަލު އަންނާނެ ކަމަށް ވޯލްޑް ބޭންކުގެ ފާހަގަކޮށްފައިވެއެވެ. އަދި އެކަމުގެ އަސަރު ރާއްޖޭ ފަދަ ބޭރު ފައިސާގެ ރިޒާވު ދަށް ގައުމުތަކަށް ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 115 ޕަސެންޓަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ.

ދެހާސް ސައްބީސް ވަނަ އަހަރު ދައްކަން ޖެހޭ ދަރަނީގެ 50 ޕަސެންޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2017 ވަނަ އަހަރު ނެގި "ސަނީ ސައިޑް" ބޮންޑު ދެއްކުމަށް މި ސަރުކާރުން 2021 ވަނަ އަހަރު ނެގި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ ސުކޫކެވެ.