އަޔަލޭންޑްގެ އަޔަން މޭން ހޯދުމަށް ބޭއްވި މުބާރާތުގައި ގެނބިގެން ދެމީހަކު މަރުވެއްޖެއެވެ. އެ މުބާރާތުގައި ދިގު ރޭހެއް ފުރިހަމަކުރަން ޖެހެއެވެ. އެ ރޭހުގައި ފެތުމުގެ އިތުރުން 1.9 ކިލޯމީޓަރަށް ދުވުމުގެ އިތުރުން 90 ކިލޯމީޓަރު ބައިސްކަލުދުއްވައި 21.1 ކިލޯ މީޓަރަށް ދުވަން ވެސް ޖެހެއެވެ.

އުމުރުން 40 އަހަރާއި 60 އަހަރުގެ އެ ދެމީހުން މަރުވެފައިވަނީ ފަތަނިކޮށް ގެނބިގެން ކަމަށް އިމަޖެންސީ ސާވިސްއިން ބުނެއެވެ.

އައިރިޝް ފުލުހުން ވަނީ އެ ހާދިސާ ތަހުގީގު ކުރަން ފަށާފައެވެ.

އިމަޖެންސީ ސާވިސްއިން ވަނީ އެ ދެމީހުން ގެނބެން ފެށުމުން ސަލާމަތީ ޓީމުތަކުން ވަގުތުން ހަރަކާތްތެރިވެފައިވާކަމަށް ބުނެފައެވެ. އަދި އަވަސް ފަރުވާ ދިން ނަމަވެސް ދެމީހުން ވެސް މަރުވެފައިވާކަމަށް އެ ސާވިސްއިން ބުނެފައިވެއެވެ.