ޑޮމިނިކަން ރިޕަބްލިކްގައި ބާރުގަދައެއްޗެއް ގޮވައި 10 މީހުން މަރުވެއްޖެއެވެ.
ޑޮމިނިކަން ރިޕަބްލިކްގެ ރައީސް ލުއިސް އަބިނަޑާގެ އޮފީހުން ވަނީ ހޯމަ ދުވަހު އެ ގައުމުގެ ސަން ކްރިސްޓޯބަލް ޓައުން ގައި ގޮވި ގޮވުމުގައި 10 މީހުން މަރުވެފައިވާކަމަށް ބުނެފައެވެ. އެ ހާދިސާގައި 37 މީހަކަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދެމުން އަންނަކަމަށް ވެސް ރިޕޯޓޫތައް ބުނެއެވެ.
ރައީސްގެ އޮފީހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ ހާދިސާގެ ސަބަބުން 11 މީަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ވެސް ނީ ފާހަގަކޮށްފައެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގުނު ނަމަވެސް ރައީސް ލުއިސް ވަނީ ހާދިސާގެ ކަންކަން ވަރަށް ގާތުން ބައްލަވަމުންގެންދަވާކަމަށް ވިދާޅުވެފައެވެ.
ހާދިސާގައި އަނިޔާވި ބައެއް މީހުންގެ ހާލު ގޯސްކަމަށް އޮފިޝަލުން ބުނާއިރު މަރުވި މީހުންގެ އަދަދު އިތުރުވާނެކަމަށް ވަނި ބެލެވިފައެވެ.
ޑޮމިނިކަން ރިޕަބްލިކްގެ ރެސްކިއު ޓީމުތަކުން އަންނަނީ އެސަރަހައްދުން ގެއްލުނު މީހުން ހޯދުމަށް ވެއްޓިފައިވާ އިމާރާތްތައް ނަގައި ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ