ނައިޖީރިއާގައި މިސްކިތެއް ވެއްޓި ހަތް މީހުން މަރުވެއްޖެއެވެ.
ނައިޖީރިއާގެ ޒާރިއާގައި ހުންނަ އެ މިސްކިތް ވެއްޓިފައިވަނީ ހުކުރު ދުވަހު ނަމާދު ކުރަނިކޮށް ކަމަށް އޮފިޝަލުން ބުނެއެވެ.
ޒާރިއާ އަވަށުގެ ވެރިޔާ ވަނީ މިސްކިތް ވެއްޓުނު ހާދިސާގެ ފުރިހަމަ ތަހުގީގެއް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.
އޮފިޝަލުން ވަނީ ބުރާސްފަތި ދުވަހު އެ މިސްކިތުގެ ފާރުތަކުގައި ރެނދު ލާފައި ހުރި މަންޒަރު ފެނި ބައެއް މީހުން އެކަން ފާހަގަކޮށްފައިވާކަމަށް ބުނެފައެވެ. އަދި އެކަން ހައްލުކުރުމަށް އިންޖިނިއަރުންނަށް އަންގާފައިވާކަމަށްވެސް އޮފިޝަލުން ބުނެއެވެ.
10 އަހަރު ވެފައިވާ އެ މިސްކިތް ވެއްޓުމާއެކު ރެސްކިއު ޓީމުތައް ހަރަކާތްތެރިވާން ފެށިކަމަށް އޮފިޝަލުން ބުނެއެވެ. އަދި ހާދިސާގައި 23 މީހަކަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ނައިޖީރިއާ އަކީ ގިނަ އަދަދަކަށް އިމާރާތް ވެއްޓުމުގެ ހާދިސާތައް ހިނގާފައިވާ ގައުމެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ