ކެނެޑާގައި ކުޑަ ފްލައިޓެއް ވެއްޓި ހަމީހުން މަރުވެއްްޖެއެވެ.

ކެނެޑާގެ ހުޅަނގު ފަރުބަދަމަތީ ކަލްގޭރީ ސަރަހައްދަށް ވެއްޓުނު އެ ފްލައިޓުން ދަތުރުކުރި އެންމެން މަރުވެފައިވެފައިވާކަމަށް ކެނަޑާގެ ފުލުހުން ބުނެފައިވެއެވެ.

ބްރިޓިޝް ކޮލަމްބިއާގެ ސެލްމަން އާމް އަށް ދަތުރުކުރަމުންދިޔަ އެ ފްލައިޓުގެ ދަތުރުފެށިތާ ކުޑައިރުކޮޅެއްތެރޭ ގުޅުން ގެނޑުނުކަމަށް އޮފިޝަލުން ބުނެއެވެ.

ފްލައިޓާ ގުޅުން ކެނޑުމާއެކު ކެނަޑާގެ އެއާފޯސް އިން ވަނީ ފްލައިޓު ހޯދުމުގެ މަސައްކަތް ފަށާފައެވެ. އޮފިޝަލުން ވަނީ ފްލައިޓު ފެނިފައިވަނީ ފަރުބަދަމައްޗަށް ވެއްޓިފައި އޮއްވައިކަމަށާއި އޭގެން ދަތުރުކުރި އެންމެން މަރުވެފައިވާކަމަށް ބުނެފައެވެ.

ރެސްކިއު އޮފިޝަލުން ވަނީ މަރުވި މީހުންގެ ހަށިތައް ނެގުމުގައި މޫސުން ގޯސްވުމުގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށް ބުނެފައެވެ.

ކެނަޑާގެ ޓްރާންސްޕޯޓް ސޭފްޓީ ބޯޑުން ވަނީ ފްލައިޓު ވެއްޓެން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގު ފަށާފައެވެ.