ގްރީސްގައި އަލިފާން ނިއްވަން ބޭނުންކުރާ ފްލައިޓެއް ވެއްޓި ދެ މީހުން މަރުވެއްޖެއެވެ.

ގްރީސްގެ އެވިއާ އައިލެންޑުގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވަން ކުރަމުންދާ މަސައްކަތުގައި ބޭނުންކުރި އެއާފޯސްގެ ފްލައިޓް ވެއްޓުމުގެ ހާދިސާގައި މަރުވެފައިވަނީ އެ ފްލައިޓުގެ ދެ ޕައިލެޓުންނެވެ

އެއާފޯސް އިން ބުނި ގޮތުގައި، އެ ފްލައިޓް ވެއްޓުނީ އަލިފާން ނިއްވުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.

ގްރީސްގެ ދައުލަތުގެ މީޑިއާއިން ވަނީ ފްލައިޓް ވެއްޓުނު ވަގުތު ނަގާފައިވާ ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުން ފްލައިޓް ވެއްޓުނީ އަލިފާން ރޯވެފައި ހުރި ތަނަށް އަލިފާން ނިއްވާ ކެމިކަލް އަޅާލުމަށްފަހު އަނބުރާލި ވަގުތެވެ. އަދި ފްލައިޓް ވެއްޓުމާއެކު އެ ފްލައިޓް ވަނީ ގޮވައިފައެވެ.

ގްރީސްގައި ރޯވަމުންދާ އަލިފާން ކޮންޓްރޯލް ނުވެ ފެތުރެމުންދާއިރު އެ ގައުމުގެ ފަތުރުވެރި ކަމަށް މަގުބޫލު ރަށްތަކުންވެސް މީހުން ހުސްކޮށް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.