ޅެންވެރިކަމުގެ ރޮނގުން ދިވެހި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އާމިނަތު އައްބާސް އަވަހާރަވެއްޖެއެވެ.
އާމިނަތު އައްބާސްއަކީ ޑޭޒީ މަލުގެ ނަމުން މަޝްހޫރުވެވަޑައިގެންނެވި ޅެންވެރިޔާ އާމިނަތު ފާއިޒާގެ ދަރިކަނބަލުންނެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އާމިނަތު އައްބާސް އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއްވީ ފަހުން، މިއަދު ހެނދުނު 7:30 ގައި އޭޑީކޭ ހޮސްޕިޓަލުގައެވެ. އަވަރާހަވި އިރު، އުމުރުފުޅަކީ 70 އަހަރެވެ. މީގެ ކުރިން އެކަމަނާ ވަނީ ރާއްޖެއިން ބޭރުންވެސް ފަރުވާ ހޯއްދަވައިފައެވެ.
އެކަމަނާ ސަރުކާރަށް ހިދުމަތްކުރައްވަން ފެއްޓެވީ 1 ފެބުރުއަރީ 1975 ގައެވެ. އެކަމަނާ އަދާކުރެއްވި ވަޒީފާގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ވިމެންސް އެފެއާޒްގެ ރިސާޗް އޮފިސަރުކަމުގެ މަގާމު ހިމެނެއެވެ.
އާމިނަތު އައްބާސްއަށް ވަނީ 2002 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ ދާއިރާ އިން، ޅެންހެދުމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވައިފައެވެ.
އޭގެ އިތުރުން ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ނުވަވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި 1997 ވަނަ އަހަރު ބޭއްވި، ކުޑަކުދިންގެ ޅެން ފޮތް އެކުލަވައިލުމުގެ މުބާރާތުން އެއްވަނަ އާއި އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން 1996 ވަނަ އަހަރު ބޭއްވި ދީނީ ޅެންހެދުމުގެ މުބާރާތުން އެއްވަނަ އޭނާ ހޯއްދަވާފައިވެއެވެ.
އާމިނަތު އައްބާސް ވަނީ ޅެން ހެދުމުގެ ބައެއް މުބާރާތްތަކާއި ލަވަ މުބަރާތްތަކުގައި ފަނޑިޔާރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވައިފައެވެ. އަދި އަމިއްލަ ރިޕޯޓަރެއްގެ ގޮތުން ނޫސްވެރިކަމުގެ ދާއިރާގައިވެސް ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.
އާމިނަތު އާއްބާސް ލިޔުއްވާފައިވާ ބައެއް ފޮތްތަކުގެ ތެރޭގައި ކުޑަކުދީންގެ ޅެން ފޮތް، ޔޫސުފް މުހައްމަދުފުޅުގެ ޅެންތައް، ބަރާބަރު ބާރަ 1، ނޭވަޔަށް އުނދަގޫކުރުމުގެ ބައްޔަށް ލުއިކަމެއްފަދަ ފޮތްތައް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު