ނިއުޒިލެންޑުން މީދާތައް މަރާ ހުސްކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ނިއުޒިލެންޑުގެ ޖަމިއްޔާއަކުން އެ ޕްރޮގްރާމް ފެށީ އެ ގައުމުގައި ނެތެމުންދާ ކަމަށް އިއުލާން ކޮށްފައިވާ ދޫނީގެ ބާވަތެއް ހިމާޔަތްކުރުމަށް ކުރަންޖެހޭ ފުރަތަމަ ކަމަކީ މީދާތައް މެރުން ކަމަށް ދިރާސާތަކުން ދައްކާފަައިވާއެވެ.
ނިއުޒިލެންޑުގެ ސަރުކާރާ ގުޅިގެން ފަށާފައިވާ އެ ޕްރޮގްރާމްގެ އަމާޒަކީ 2050 އަންނަން ވާއިރަށް އެ ގައުމުން މީދާ މަރާ ހުސްކުރުމެވެ. އެ ޕްރޮގްރާމްގެ ދަށުން 58 ވޮލެންޓިއަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ޕްރޮގްރާމްގެ ދަށުން މީދަލުގެ އިތުރުން އެ ގައުމުގައި ހިމާޔަތްކޮށްފައިވާ ދޫނިތަކުގެ ނަސްލު ދެމެހެއްޓުމަށް އެހެން ބާވަތްތަކުގެ ބައެއް ޖަނަވާރުތައްވެސް ނައްތާލުމަށް ވަނީ ނިންމައިފައެވެ.
ދުނިޔޭގެ މިހާތަނަށް މީދާ ހުސްކޮށްފައިވާ ގައުމަށް ވެފައިވަނީ ކެނެޑާއެވެ. އެގައުމުގެ އަލްބަޓްރާއަކީ 1950 އިން ފެށިގެން މީދާ ނޫޅޭ ސިޓީއެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ