ގެއްލުނު ސަބްމެރިންގެ ބައިތަކެއް ތަހުގީގަށް ކެނެޑާއަށް ގެންގޮސްފިއެވެ.
ޓައިޓޭނިކް ބެލުމަށް ފަސް މީހުންނާ އެކު އެޓްލާންޓިކް ކަނޑަށް ފީނި ސަބްމެރިން ފުނޑުފުނޑުވެ، އޭގެން ދަތުރުކުރި އެންމެން މަރުވި ހާދިސާ ތަހުގީގުކުރަން ފަށާފައިވާއިރު ކެނެޑާގެ ތަހުގީގު ޓީމުތަކުން ވަނީ ސަބްމެރިންގެ ބައިތަކެއް ކަނޑުގެ އަޑިން ނަގައި އެ ގައުމަށް ގެންގޮސްފައެވެ.
ކެނެޑާއަށް ގެންގޮސްފައިވާ ސަބްމެރިންގެ ބައިތަކަކާ ގުޅޭ ގޮތުން އެ ގައުމުން އަދި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފަ ނުވެއެވެ. ނަމަވެސް ސަބްމެރިންގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ބޯޓެއްގައި ކެނެޑާގެ ބަނދަރަކަށް ބާލާ މަންޒަރު ފެންނަ ފޮޓޯތަކެއް އެ ގައުމުގެ ނޫސްތަކުން ވަނީ އާންމުކޮށްފައެވެ.
ކެނެޑާގެ ނޫސްތަކުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ސަބްމެރިންގެ ބޭރު ކަވަރުގަނޑު ކަމަށް ލަފާކުރެވޭ ބައިގެ އިތުރުން އޭގެ އޮޕަރޭޓިންގް ސިސްޓަމް އިންނަ ސަބްމެރިންގެ ފަހަތް ކަމަށް ބެލެވޭ ބައެކެވެ.
އެމެރިކާ އިސްވެ އޮވެ، ގެއްލުނު ސަބްމެރިންގެ ތަހުގީގު ރަސްމީކޮށް ފަށާފައިވާއިރު އަދި މިހާތަނަށް ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއްވެސް ނުވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ