ގެއްލުނު ސަބްމެރިންގެ މައި ބޯޓު، 'ޕޯލާ ޕްރިންސް' ކެނެޑާގެ ސެއިންޓް ޖޯންއަށް ބަނދަރު ކުރުމާއެކު އެ ބޯޓަށް ތަހުގީގު ކުރާ ޓީމުތަކުން އަރައިފިއެވެ.
ޓައިޓޭނިކް ބެލުމަށް ފަސް މީހުންނާއެކު އެޓްލާންޓިކް ކަނޑަށް ފީނި ސަބްމެރިން ފުނޑުފުނޑުވެ، އޭގެން ދަތުރުކުރި އެންމެން މަރުވި ހާދިސާ ތަހުގީގުކުރަން ފަށާފައިވާއިރު ކެނެޑާގެ ތަހުގީގު ޓީމުތަކުން ވަނީ ސަބްމެރިންގެ މައި ބޯޓު އެ މީހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
"ޕޯލާ ޕްރިންސް" ބޯޓަކީ ސަބްމެރިން އެއްތަނުން އަނެއްތަނަށް އުފުލުމަށާއި ސަބްމެރިން ކަނޑުގެ އަޑިއަށް ފީނުމާއެކު އޭގެ ކަންކަން ބަލަހައްޓާ ބޯޓެވެ.
ސަބްމެރިން ކަނޑުގެ އަޑިއަށް ދިޔަތާ 45 މިނެޓް ފަހުން އެ ސަބްމެރިން ގެއްލުނެވެ. ނަމަވެސް ސަބްމެރިންގެ ޕްރެޝަރު ނުހިފެހެއްޓި ކަނޑުގެ އަޑީގައި ފިތި ފުނޑުފުނޑު ވެފައިވާ ކަމަށް މިހާތަނަށް ހޯދި ހޯދުންތަކުން ވަނީ ހާމަވެފައެވެ.
ކެނެޑާއިން ފަށާފައިވާ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހެން ގައުމުތަކުންވެސް ބައިވެރިވާނެކަން ހާމަކޮށްފައިވާ އިރު، އެއީ ކޮން ގައުމުތަކެއް ކަމެއް އަދި ނޭނގެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ