ކޮކާކޯލާ މޯލްޑިވްސް އިން ރާއްޖެއަށް ސްޕްރައިޓް ޒީރޯ ޝުގާ ތައާރަފުކޮށްފި އެވެ.
ސްޕްރައިޓް ޒީރޯ ޝުގާ އަކީ، އެތައް ޒަމާނެއް ވަންދެން ކަސްޓަމަރުންގެ މަގުބޫލުކަން ހޯދާފައިވާ ސްޕްރައިޓުގެ ލެމަން-ލައިމް ރަހަ، އެއްވެސް ހަކުރަކާއި ކެލޮރީއަކާ އަދި އާޓިފިޝަލް ރަހައަކާ ނުލައި ގެނެސްދޭ ބުއިމެކެވެ. އެގޮތުން ކޮކާކޯލާ އިން ރާއްޖޭގެ ބާޒާރަށް ނެރެފައިވަނީ ސްޕްރައިޓް ޒީރޯ ޝުގާގެ 330 އެމްއެލްގެ ދަޅެވެ.
ކޮކާކޯލާއިން ބުނީ ސްޕްރައިޓް ޒީރޯ ޝުގާ ތައާރަފުކުރުމަކީ ކޮކާކޯލާގެ ޕޯޓްފޯލިއޯގައި ހަކުރުގެ މިންވަރު މަދުކުރުމަށް ދުނިޔޭގެ ފެންވަރުގައި ގެންގުޅޭ ސިޔާސަތާ ގުޅިފައިވާ ކަމެއް ކަމަށާއި އޭގެ ބޭނުމަކީ، ސްޕްރައިޓަށް ގަޔާވާ ފަރާތްތަކަށް އެ ފަރާތްތަކުން މުހިންމު ކަމަށް ދެކޭ ކަންކަން ގުރުބާން ނުކޮށް، އިހުތިޔާރު ކުރެވޭނެ ގިނަ ގޮތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.
ސްޕްރައިޓް ޒީރޯ ޝުގަ އަކީ މިހާރު ވެސް ރާއްޖޭގައި ލިބެން ހުރި މަޝްހޫރު ކޯކް ޒީރޯ އާއި ޑައިޓް ކޯކް ހިމެނޭ ކޮކާކޯލާ މޯލްޑިވްސް އިން ވިއްކާ ހަކުރު އެކުލެވިގެން ނުވާ ބުއިންތަކުގެ ލިސްޓަށް އިތުރުވި ބޮޅެކެވެ. ސްޕްރައިޓް ޒީރޯ ޝުގާ ރާއްޖެއަށް ތައާރަފްކުރުމާ އެކު، އެންމެ ފުރަތަމަ ވިއްކާނީ 330 އެމްއެލްގެ ދަޅެވެ. ކޮކާކޯލާއިން ބުނީ 500 އެމްއެލްގެ ދަޅު މި އަހަރުގެ ފަހުކޮޅު ތައާރަފުކުރާނެ ކަމަށެވެ.
ސްޕްރައިޓް ޒީރޯ ޝުގާ 330 އެމްއެލް ދަޅު މިއަދުން ފެށިގެން ރާއްޖޭގެ ބޮޑެތި ރީޓެއިލް ފިހާރަތަކާއި ސުޕަމާކެޓްތަކާއި އާންމު ފިހާރަތަކުން ވެސް ލިބެން ހުންނާނެ އެވެ. ސްޕްރައިޓްގެ މަޝްހޫރު ފެހި ކުލައިގެ ލޭބަލްގައި ކަޅު ކުލައިން ޖަހާފައިވާ ޒީރޯ ޝުގާއަށް ބަލައިލުމުން ކަސްޓަމަރުންނަށް ސްޕްރައިޓް ޒީރޯ ޝުގާ ފަސޭހައިން ދެނެގަނެވޭނެ އެވެ.
ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ކޮކާކޯލާގެ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވީ ޒީރޯ ޝުގާ ބުއިންތަކުގެ މަގުބޫލުކަން އިތުރުވަމުން އަންނަ އިރު، ސްޕްރައިޓް ޒީރޯ ޝުގާ އަކީ އެއްވެސް ކެލޮރީއަކާ ނުލައި އެހެން ގޮތެއް ބޭނުންވާ މީހުންގެ ކަރުހިއްކުން ފިލުވައިލުމަށް ބޭނުންތެރި އިތުރު ބުއިމަކަށް ވާނެ ކަމަށެވެ.
"ސްޕްރައިޓް ޒީރޯ ޝުގާ ރާއްޖެއަށް ތައާރަފުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ ސްޕްރައިޓްގެ ތާޒާ ލެމަން-ލައިމް ރަހައަށް ބަދަލު ނާންނަ ގޮތަށް، ކަސްޓަމަރުންނަށް އިތުރު އިހުތިޔާރުތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާ ގުޅިލާމެހިފައިވާ ކަމެއް،" ޕަންކަޖް ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ މަގުބޫލު އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑް ކަމަށްވާ ކޮކާކޯލާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭތާ 137 އަހަރު ވަނީ ވެފަ އެވެ. ރާއްޖޭގައި ކޮކާކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާކޯލާ ކޮމްޕެނީ އިން ވަނީ ކަރުހިއްކުން ފިލުވާލަދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފަ އެވެ. މީގެ އިތުރުން، އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައް ވެސް ކޮކާކޯލާ ބްރޭންޑުން ކުރިއަށްގެންދެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު