ސިންގަޕޯ އެއާލައިނުން ދަތުރުކުރާ ހުރިހާ ދަތުރުވެރީންނަށް ހިލޭ ވައިފައި ދޫކުރުމަށް އެއެއާލައިނުން ނިންމައިފިއެވެ.
ސިންގަޕޯ އެއާލައިނުން މީގެ ކުރިން ހިލޭ ވައިފައި ދޫކޮށްފައިވަނީ ފަސްޓް އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ މީހުންނަށެވެ.
އަލަށް އަމަލުކުރާން ފަށާ މި އުސޫލުގެ ދަށުން، ހުރިހާ ދަތުރުވެރީންނަށް ހިލޭ ވައިފި ލިބެން ފަށާނީ އަންނަ މަހުގެ އެކަކުން ފެށިގެން ކަމަށް ސިންގަޕޯ އެއާލައިނުން ވަނީ ބުނެފައެވެ.
ސިިންގަޕޯ އެއާލައިންގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ޔިއޮން ޕީ ޓެއިކް ވަނީ މިއީ އެއެއާލައިނުން ދަތުރުކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ ދަތުރުގައި ހިތްހަމަޖެހިލުމާއި އުފާވެރިކަމާއެކު ވަގުތު ހޭދަކުރުމަށް ލިބިގެންދާނެ ތަފާތު ފުރުސަތެއްކަމުގައި ބުނެފައެވެ.
ސިންގަޕޯ އެއާލައިނުން ވަނީ އެއާލައިން ރޭޓިން އިން މިއަހަރު ހޮވި ދުނިޔޭގެ އެއްވަނަ އެއާލައިންގެ މަގާމު ހޯދައިފައެވެ. މިއީ އެ އެއާލައިން މި މަގާމު ޖެހިޖެހިގެން ހޯދި ފަސްވަނަ އަހަރެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ