އެއާ ނިއުޒިލެންޑުން ދަތުރުކުރާ ފަސިންޖަރުންގެ ބަރުދަން ބަލަން އެއެއާލައިނުން ނިންމައިފިއެވެ.
އެއާ ނިއުޒިލެންޑުން ނެރުނު ބަޔާނެއްގައި ބުނީ މި ސާވޭގެ ދަށުން ބަރުދަން ބަލާނީ ބައިނަލްއަގުވާމީ ދަތުރުތަކުގެ ފަސިންޖަރުންގެ ތެރެއިން ފުރުމުގެ ކުރިން ބަރުދަން ބެލުމަށް އެއްވެސް އިއުތިރާޒެއް ނެތް ފަސިންޖަރުންގެ އެކަނި ކަމަށެވެ.
އެއާ ނިއުޒިލޭންޑުން ބުނިގޮތުގައި ދަތުރުވެރީންގެ ބަރުދަން ބެލުމުގެ މައިގަނޑު މަގުސަދަކީ މުސްތަގުބަލުގައި ފްލައިޓަށް އަޅާ ތެޔޮ އިތުރަށް މަދުކުރުމަށްމަށް ކުރެވޭން ހުރި ކަންކަން ދެނެގަތުމެވެ.
މީގެ ކުރިންވެސް އެ އެއާލައިނުން ވަނީ ނިއުޒިލެންޑުގެ އެތެރޭގެ އުދުހުންތަކުގައި ފަސިންޖަރުންގެ ބަރުދަން ބަލާފައެވެ.
ބަރުދަން ބަލައި ޑާޓާތައް އެއްކުރި ނަމަވެސް އެއިން އެއްވެސް ޑޭޓާއެއް ފަސިންޖަރުންގެ އިތުރުން އެ އެއާލައިންގެ މުވައްޒަފުންނަށްވެސް ނުފެންނާނެކަމަށް އެއާ ނިއުޒިލޭންޑުން ބުނެއެވެ.
މި ސާވޭގައި 10,000 ފަސިންޖަރުންގެ ބަރުދަނުގެ މައުލޫމާތު އެއްކުރުމަށް ވަނީ ނިންމައިފައެވެ.
އެއާ ނިއުޒިލޭންޑަކީ ނިއުޒިލޭންޑުގެ ގައުމީ އެއާލައިން އެވެ. 104 އެއާކްރާފްޓުން ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރުކުރަމުން އަންނަ އެ އެއާލައިންގައި 17 މިލިއަން ފަސިންޖަރުން ކޮންމެ އަހަރަކު ދަތުރުކުރެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ