ލ. ކައްދޫ އެއާޕޯޓް ކުންފުނީގެ ޗެއާމަނަކަށް، އެމްއެންޑީއެފްގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އައްޔަންކޮށްފިއެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރީ އިއްޔެއެވެ. އެކަން ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ޔަގީންކޮށްދީފައެވެ.
ޒަކަރިއްޔާ އެ މަގާމަށް އައްޔަން ކުރިއިރު އޭނާ ހުންނެވީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައެވެ. މީގެ ކުރިން އޭނާ ވަނީ ކައްދޫ އެއާޕޯޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުވެސް އަދާކުރައްވައިފައެވެ.
ސިފައިންގޭގައި 37 އަހަރު ހިދުމަތް ކުރެއްވުމަށްފަހު ޒަކަރިއްޔާ މަންސޫރު ރިޓަޔާ ކުރެއްވީ 2021 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ ކައުންޓަ ޓެރަރިޒަމް ސެންޓަރުގައެވެ.
ޒަކަރިއްޔާ މަންސޫރު ވަނީ ސްޓްރެޓީޖިކް ސެކިއުރިޓީ ސްޓަޑީޒްއިން މާސްޓާސް ހައްދަވައިފައެވެ. އަދި ކައުންޓަ ޓެރަރިޒަމް ދާއިރާއިންވެސް އެކި ފެންވަރުގެ ކޯސްތަކާއި ތަމްރީންތައް ފުރިހަމަކުރައްވާފައިވެއެވެ.
ކައްދޫ އެއާޕޯޓް ހާއްސަކޮށްފައި ވަނީ ޑޮމެސްޓިކް އެއާޕޯޓެއްގެ އިތުރުން އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުން ކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު