ފިޔަވަތީގައި އުޅޭ ކުދިންނަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން އީދު ހަދިޔާ ދީފިއެވެ.
އެސްޓީއޯ އިން އެ ކުދިންނަށް އީދު ހަދިޔާ ހަވާލުކޮށްފައި ވަނީ މިއަދު ހެނދުނު ފިޔަވަތީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އީދު ފާހަގަކުރުމުގެ ގޮތުން އެސްޓީއޯ އިން ވަނީ ކުޑަކުދިންނަށް ދޭ ހަދިޔާ، އަމިއްލަ ޖަމްއިޔާއެއް ކަމަށްވާ އާއްމު އެކުވެރިންގެ ގުޅުމާ ގުޅިގެންވެސް ބަހާފައެވެ. އެ ޖަމިއްޔާއިން އީދު ހަދިޔާ ބެހުން ކުރިއަށް ގެންދިޔައީ ހިޔާ ސަރަހައްދުގައެވެ.
އޭގެ އިތުރުން ޓިކްޓޮކްގައި މަޝްހޫރު އެކައުންޓެއް ކަމަށްވާ ''އަޕްޓުމަދާ" މެދުވެރިކޮށްވެސް އެސްޓީއޯ އިން ހަދިޔާ ބެހިއެވެ.
އެސްޓީއޯގެ ފަރާތުން ދިން އީދު ހަދިޔާ ހުރީ ކަރުދާސް ކޮތަޅުގައި ބަންދުކޮށްފައެވެ. އެއީ އީދުގެ އުފާ ފާޅުކުރުމުގައި ތިމާވެއްޓާ ރައްޓެހި ކޮތަޅު ބޭނުން ކުރުމަށް ހިތްވަރު ދިނުމުގެ ބޭނުމުގައި ކުރި ކަމެކެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި