ކުރިއަށް އޮތް ފިތުުރު އީދު ޗުއްޓީގައި އާއިލާއާ އެކު ރަށުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިއްބައިދޭ "ކޮކާކޯލާ ވަން ބިގް ފެމިލީ" ޕްރޮމޯޝަން ނިމެން ދެ ދުވަހަށް ވެއްޖެއެވެ.
މި އޭޕްރީލް މަހާއެކު ކޮކާކޯލާއިން ފެށި "ވަން ބިގް ފެމިލީ" ޕްރޮމޯޝަނުގެ ދަށުން ރާއްޖޭގައި ކޮންމެ ތަނެއްގައި ހުއްޓަސް، އާއިލާއާ ގުޅުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ. އާއިލާތައް އެކީގައި ވަގުތު ހޭދަކުރުމަށް ބާރުއަޅައި އެއްތަނަކަށް ގެނެސްދޭ މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.
ކޮކާކޯލާ އިން މައުލޫމާތު ދޭ ގޮތުގައި ވަން ބިގް ފެމިލީ ޕްރޮމޯޝަނުގައި ޖުމުލަ ފަސް ނަސީބުވެރިޔަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނަސީބުވެރިން ހޮވުމަށް ބާއްވާ ގުރުނެގުން އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖެހެނީ އެކަމަށް ހާއްސަ އޮންލައިން ފޯމެއް ފުރާލާށެވެ. އެ ފޯމުގައި އެމީހެއްގެ އަމިއްލަ މައުލޫމާތާއި އީދު ޗުއްޓީއަށް ދާން ބޭނުންވާ ރަށުގެ މައުލޫމާތުގެ އިތުރުން އެ ބަޔަކާއެކީ އީދު ޗުއްޓީ ހޭދަކުރަން ބޭނުންވާ އާއިލާގެ ފަސް މެންބަރެއްގެ މައުލޫމާތު ހިމަނައިލެވޭނެއެވެ.
ގުރުއަތުން ހޮވިއްޖެ ނަމަ، އީދު ޗުއްޓީއަށް ދާން އެދުނު ރަށަށް ފޮނުވައިދޭނެއެވެ. ނުވަތަ އެ ފޯމުގައި ނަން ހިމަނާފައިވާ އާއިލާ މެންބަރުންނަށް ކޮކާކޯލާގެ ފަރާތުން ގިފްޓް ހެމްޕާސްވެސް ފޮނުވައިލެވޭނެއެވެ.
ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި [ލިންކަށް](https://onebigfamily.oneonline.mv/) ފިއްތާލާ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު