ކޮވިޑާ ގުޅިގެން، އިކޮނޮމިކް މިނިސްޓްރީއާއި ވޯލްޑް ބޭންކް ގުޅިގެން ފެށި "އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ ދަށުން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މާލީ އެހީ ދިނުމުގެ ތިންވަނަ ބުރަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމްގެ ތެރެއިން ހުޅުވާލައިފައިވަނީ ޖުމުލަ 500 ފުރުސަތެވެ.
- 30 ސެޕްޓެމްބަރު 2022 އާ ހަމައަށް ފާއިތުވި އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއް ކަމުގައި ވުން
- އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް، ފާއިތުވެދިޔަ ހަތަރު ހަފުތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާކުރާ ފަރާތަކަށް ނުވުން ނުވަތަ، ވަޒީފާއެއް އަދާކުރާނަމަ ހަފުތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާކުރަމުންދާ ފަރާތަކަށް ނުވުން
ޕްރޮގްރާމުގައި ބައިވެރިވުމަށް ހަމަވާން ޖެހޭ އެހެނިހެން ޝަރުތުތައް ޖޮބް ސެންޓަރު ވެބްސައިޓުގައި ޝާއިއުކޮށްފައިވާ "ކޮވިޑް-19 އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމް ހިންގާނެގޮތުގެ އުސޫލު" ގައި ބަޔާންކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
- އަތްތެރި މަސައްކަތް
- ބިއުޓީ އަދި މޭކަޕް ކުރުން
- ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
- ފެހުން އަދި ޓެކްސްޓައިލްސްގެ މަސައްކަތް
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
- ކްރިއޭޓިވް އާޓްސް އަދި މިއުޒިކް
- ކުޅިވަރު އަދި ފިޓްނަސް
އެހީއަށް އެދޭ ފަރާތްތަކަށް އަންނަ މަހުގެ ނިޔަލަށް ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު