އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)ގެ ދެ ސްކޮލާޝިޕް ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އައިއެސްޑީބީން ހުޅުވާލާފައިވާ ދެ ސްކޮލާޝިޕް ޕްރޮގްރާމަކީ މާސްޓާ އޮފް ސައިންސް ޕްރޮގްރާމް އަދި މެރިޓް ސްކޮލާޝިޕް ޕްރޮގްރާމް ފޯ ހައި ޓެކްނޮލޮޖީ ފޯ ޕީއެޗްޑީ އެންޑް ޕޯސްޓްޑޮކްޓޮރޯލް ރިސާޗެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ސްކޮލާޝިޕް ބޭނުންވާ ދަރިވަރުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަންވާނެ ކަމަށެވެ. ސްކޮލާޝިޕަށް ކުރިމަތިލާނެ ގޮތާއި އަދި ކޯސްތަކުގެ މައުލޫމާތު www.isdb.org/scholarships މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށްވެސް ބުންޏެވެ.
ސްކޮލާޝިޕަށް ހޮވޭ ފަރާތްތަކަށް ޓިއުޝަން ފީ، ސްޓައިޕެންޑް، މެޑިކަލް އިންޝުރެންސް، ތީސިސް އެލަވަންސް އަދި ދެކޮޅު ޓިކެޓް ހަމަޖައްސާނީ އައިއެސްޑީބީންނެވެ. އެކަންކަމުގެ އިތުރަށް ހިނގާ ހަރަދުތައް ބަލަހައްޓަން ޖެހޭނީ އަމިއްލައަށެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ ސްކޮލާޝިޕަށް ހޮވޭ ދަރިވަރުން ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި ހޮވިފައިވާ ކޯހަކީ އެމްކިޔުއޭއިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަންވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު