މިއަދަކީ ރޯދަ މަހުގެ 12 ވަނަ ދުވަހެވެ. މަސް މާރުކޭޓުގައި މިއަދުވެސް ތަފާތު ވައްތަރުގެ ކަނޑުމަހާއި ފަރުމަސް ލިބެން އެބަހުއްޓެވެ. އަގުތައްވެސް ހުރީ ދާދި އެއްވަރެއްގައެވެ.
މަސް މާރުކޭޓުގައި މިއަދު އެންމެ ގިނައިން ލިބެން ހުރީ ކަނޑުމަހާއި ކަންނެއްޔެވެ. ކަނޑުމަސް ކިލޯއެއް 28 ރުފިޔާއަށް ހުރިއިރު ކަންނެލި ކިލޯއެއް އުޅެނީ 30 ރުފިޔާއަށެވެ.
ފަރުމަހުގެ ބާވަތްތަކަށް ބަލާއިރު، މިއަދު ގިނަ އަދަދަކަށް ރަތް މަސް ލިބެން އެބަހުއްޓެވެ. އެކި ސައިޒުގެ ރަތްމަސް ލިބެން ހުރިއިރު ކުޑަވަރުގެ ރަތްމަހެއް އުޅެނީ 75 ރުފިޔާއަށެވެ. މެދު ސައިޒުގެ ރަތްމަހެއް 150-200 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ހުރިއިރު ބޮޑު ރަތްމަހެއް އުޅެނީ 250-350 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
މަސް މާރުކޭޓުގައި މިއަދު އެންމެ ގިނައިން ފެންނަން ހުރީ ރިއްމަހެވެ. އެގޮތުން 20 ރުފިޔާއަށް 40 ރިއްމަސް ލިބެން ހުރިއިރު، ރެގި ޖޯޑެއް އުޅެނީ ދިހަ ރުފިޔާއަށެވެ.
- ކަނޑުމަސް: 28 ރުފިޔާއަށް ކިލޯއެއް
- ކަންނެލި: 30 ރުފިޔާއަށް ކިލޯއެއް
- ގޮދާ: 30 ރުފިޔާއަށް ކިލޯއެއް
- މާނިޔަ މަސް: 50-80 ރުފިޔާއަށް މަހެއް
- ހަންޖެއް: 75-350 ރުފިޔާއަށް
- މުށިމަސް: 20 ރުފިޔާއަށް ފަސް މަސް
- ދޮންމަސް: 20 ރުފިޔާއަށް ފަސް މަސް
- ރިތް މަސް: 20 ރުފިޔާއަށް 40 މަސް
- ރަތް މަސް: 75-350 ރުފިޔާއަށް
- ރެހި ޖޯޑެއް: ދިހަ ރުފިޔާ
- މެދު ސައިޒުގެ ފިލޮޅެއް: 70 ރުފިޔާއަށް
- މެދު ސައިޒުގެ ފާނައެއް: 65 ރުފިޔާއަށް
- މެދު ސައިޒުގެ ތޮޅިއެއް 40 ރުފިޔާއަށް
ޚަބަރު
ޚަބަރު
ޚަބަރު