މިއަދަކީ ރޯދަމަހުގެ ދިހަ ވަނަ ދުވަހެވެ. މަސް މާރުކޭޓުގައި މިއަދުވެސް ތަފާތު ވައްތަރުގެ ކަނޑުމަހާއި ފަރުމަސް ލިބެން އެބަހުއްޓެވެ. އަގުތައްވެސް އުޅެނީ ދާދި އެއްވަރެއްގައެވެ.

މަސް މާރުކޭޓުގައި މިއަދު އެންމެ ގިނައިން ލިބެން ހުރީ ކަނޑުމަހާއި ކަންނެއްޔެވެ. ކަނޑުމަސް ކިލޯއެއް 25-28 ރުފިޔާއަށް އުޅޭއިރު ކަންނެލި ކިލޯއެއް އުޅެނީ 30 ރުފިޔާއަށެވެ. މާރުކޭޓުގައި މިއަދު ރެހިވެސް ލިބެން އެބަހުއްޓެވެ. ރެހި ޖޯޑެއް އުޅެނީ ދިހަ ރުފިޔާއަށެވެ.

  • ކަނޑުމަސް: 25-28 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 30 ރުފިޔާއަށް ކިލޯއެއް
  • ގޮދާ: 30 ރުފިޔާއަށް ކިލޯއެއް
  • މާނިޔަ މަސް: 50-100 ރުފިޔާއަށް މަހެއް
  • ހަންޖެއް: 75-450 ރުފިޔާއަށް
  • މުށިމަސް: 20 ރުފިޔާއަށް ހަތަރު މަސް
  • ދޮންމަސް: 20 ރުފިޔާއަށް ހަތަރު މަސް
  • ރިތް މަސް: 20 ރުފިޔާއަށް ހަތަރު މަސް
  • ރަތް މަސް: 80 ރުފިޔާ ކިލޯއެއް
  • ރެހި ޖޯޑެއް: ދިހަ ރުފިޔާ
  • މެދު ސައިޒުގެ ފިލޮޅެއް: 70 ރުފިޔާއަށް
  • މެދު ސައިޒުގެ ފާނައެއް: 60 ރުފިޔާއަށް
  • މެދު ސައިޒުގެ ތޮޅިއެއް 40 ރުފިޔާއަށް