މިއަދަކީ ރޯދަމަހުގެ ހަތް ވަނަ ދުވަހެވެ. މަސް މާރުކޭޓުގައި މިއަދުވެސް ތަފާތު ވައްތަރުގެ ކަނޑުމަހާއި ފަރުމަސް ލިބެން އެބަހުއްޓެވެ. އަގުތައްވެސް އުޅެނީ ދާދި އެއްވަރެއްގައެވެ.

މަސް މާރުކޭޓުގައި މިއަދު އެންމެ ތަދު އެއްޗަކަށް ހުރީ ކުރުމަހެވެ. އޮތީވެސް އެންމެ ދެ ކުރުމަހެވެ. އެއްޗެއްގެ އަގަކީ 800 ރުފިޔާއެވެ.

ކުރުމަހަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އުޅޭ ގަދަ ނޫކުލައަކަށް ހުންނަ މަހެކެވެ. މިއީ ދިގުކޮށް ހިމަކޮށް ހުންނަ މަހެކެވެ.

ކުރު މަހަކީ ދިގު މަހެކެވެ. އޭގެ އަނގަ ބޮޑުއިރު، އެއްބަރިއަށް އުފެދިފައި ހުންނަ ގަދަ ދަތްތަކެއް ހުރެއެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި 27-23 އާއި ދެމެދުގެ އަދަދަކަށް ހަރުކަށި ހުރެއެވެ. މަހުގެ މަތީ ބައިގަޔާއި، ބަނޑު ދަށްފަރާތުގައި ވަކިވަކިން ހުންނަ ކޮތަރި ބައިގެ އަދަދަކީ އަށެއް ނުވަތަ ނުވަ އެކެވެ. މަހުގެ މަތީބައިގެ ކުލައަކީ ގަދަ ނޫކުލައަކަށްދާ ފެހި ކުލައެކެވެ. މަހުގެ ދެފަރާތުގައި 24 އާއި 30އާ ދެމެދުގެ އަދަދަކަށް ކަޅުކުލައެއްގެ ރޮނގުތަކެއް ހުރަހަށް ދެމިފައި ހުރެއެވެ.

ކުރުމަހަކީ އާންމު ގޮތެއްގައި އަތޮޅުން ބޭރު މާކަނޑުތަކުގައި އުޅޭ މަހެކެވެ. މިއީ ހޫނު ކަނޑުތަކުގައި އުޅޭ ވަރަށް ހަލުވި މަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ އަނގަޔަށް މީރު މަހެކެވެ.

  • މަސް މާރުކޭޓުގެ އަގުތައް