ފުވައްމުލަކު ސިޓީން ގަވައިދާ ހިލާފަށް ރުއްގަސް ކަނޑާ މައްސަލަ ބޮޑުވެ، އެ ކައުންސިލުން އިންޒާރުދީފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރަށުގެ ހޭޅީގައި އެންމެ ގޮނޑުދޮށަށް ހެދިފައިވާ ރުކުން ނުވަތަ ގަހުން ފެށިގެން އެއްގަމަށް 20 މީޓަރު ފުޅާމިނުގެ ސަރަހައްދުގެ ތެރޭގައި ހެދިފައި ހުރި ހުރިހާ ބާވަތެއްގެ ރުއްގަސް ނުވަތަ ކޯސްޓަލް ވެޖިޓޭޝަން ބެލްޓުގައި ހިމެނޭ ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއް ތަނަށް ގެންދިޔުމަކީ ގާނޫނުން މަނާ ކަމެއް ކަމަށެވެ.
"ނަމަވެސް ފުވައްމުލަކުގެ ހޭޅިފަށުންނާއި އެހެނިހެން ސަރަހައްދުތަކުން ގަވާއިދާ ހިލާފަށް ގިނަ އަދަދަކަށް ރުއްގަސް ކަނޑަމުންދާކަން ވަނީ ފާހަގަވެފަ،"
އެ ކައުންސިލުން އިތުރަށް ބުނީ، ގަވައިދާ ހިލާފަށް ރުއްގަސް ކަނޑާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
ރާއްޖޭގެ ރަށްރަށުގައި ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުމަކީ ވަރަށް ގިނައިން ކުރިމަތިވާ މައްސަލައެވެ. އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އެ އެޖެންސީއަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީވެސް އެފަދަ މައްސަލަތަކެވެ.
ޚަބަރު
ޚަބަރު
ޚަބަރު