އެއް ދުވަހުން އެންމެ ގިނަ ކަންނެލި ބާނައި ކިރުވި ދޯނީގެ ރެކޯޑް ހެދި ފ. ފީއަލީ، ބަންދަރީ ދޯންޏަށް އެންސިސް އިން މަރުހަބާ ކިޔައިފިއެވެ.
ބަންދަރީ ދޯނިން ވަނީ އެއް ދުވަހުން 14 ޓަނަށްވުރެ ގިނަ ކަންނެލި އެސްސިސްއަށް ކިރުވައިފައެވެ. އެއީ ގާތްގަނޑަކަށް 800،000 ރުފިޔާއެވެ.
އެ ދޯންޏަށް މަރުހަބާ ކިއުމުގެ ގޮތުން އެންސިސް ކުންފުނީގެ ޗެއާމަން މުހައްމަދު ވަސީމާއި އިސްވެރިން ވަނީ އެ ދޯންޏަށް ޒިޔާރަތްކޮށް ދޯނީގެ ފަޅުވެރިންނަށް ހަދިޔާ ދީފައެވެ.
އެއް ދުވަހުން އެންމެ ގިނަ ކަންނެލި ކިރުވި ރެކޯޑް މީގެކުރިން އޮތީ ހއ. އިހަވަންދޫ/ މާހޯރަ-3 ދޯނީގެ އަތުގައެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އެ ދޯނިން ވަނީ 11 ޓަނުގެ ބޮޑު ކަންނެލި އެންސިސްއަށް ކިިރުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު