އެމެރިކާގެ ރެކޯޑް ލޭބަލެއް ކަމަށްވާ ވާނާ މިއުޒިކުން މަންޓާ އެއާގެ ތީމް ލަވަ "ވިންޑް ވޯކާ" ގެ ޑިސްޓްރިބިއުޝަން ރައިޓްސް ހޯދާފައިވާކަން އިއުލާންކޮށްފިއެވެ.
ދުނިޔޭގެ އެންމެ މަގުބޫލު މިއުޒިކުގެ ރެކޯޑު ލޭބަލްގައި ވާނާ މިއުޒިކް ހިމެނެއެވެ.
މަންޓާ އެއާއިން އިއްޔެ ބުނީ "ވިންޑް ވޯކާ'"ގެ ޑިސްޓްރިބިއުޝަން ރައިޓްސް ވާނާ މިއުޒިކުން ގަތުމުން އެ ލަވަ ވެފައިވަނީ ރެކޯޑް ލޭބަލަކުން ގަތް ރާއްޖޭގެ ފުރަތަމަ ލަވައަށް ކަމަށެވެ.
"ދަ ކަބާންސް" އިން ލިޔެ، އެ ބޭންޑުގެ ލަވަކިޔުންތެރިން ކިޔާފައިވާ މަންޓާގެ ތީމް ލަވަ ޕްރޮޑިއުސްކޮށްފައިވަނީ އަހުމަދު ފައިޒާން (ފައި) އެވެ. އަދި މި ލަވަ ލިޔެފައިވަނީ ނައުފަލް ނަސީލް (ނައު) އެވެ. ލަވަ ކިޔުމުގައި ކަބާންސް ބޭންޑުގެ މެމްބަރުންގެ އިތުރުން މޯލްޑިވިއަން އައިޑޮލް އިން މަޝްހޫރުކަން ހޯދާފައިވާ މަރިޔަމް މައިޝާ (މައި) ހިމެނެއެވެ.
ދަ ކަބާންސް އިން އެ ބޭންޑުގެ ފުރަތަމަ ސްޓޫޑިއޯ އަލްބަމްގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ އިރު، އެ އަލްބަމް ވެސް ޑިސްޓްރިބިއުޓް ކުރާނީ ވާނާ މިއުޒިކް އިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު