ރޯދަމަސް ފެށުމުގެ ކުރިން ރޯދަ އެލަވަންސް ދޭން ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އިން ހަނދާންކޮށްދީފިއެވެ.
އެ އޮތޯރިޓީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ, ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ރޯދަމަސް ފެށުމުގެ ކުރިން 3,000 ރުފިޔާ ދޭންވާނެ ކަމަށެވެ.
ނަމަވެސް ވަޒީފާ ދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ނުދޭކަމާއި އިނާޔަތް ދިންކަމުގައިވިޔަސް ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ދީފައި ނުވާކަން މީގެ ކުރިން ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.
ރޯދަ އިނާޔަތް ނުލިބިއްޖެ ނަމަ, ޝަކުވާ ހުށަހަޅަން ޖެހޭނީ އެލްއާރުއޭއަށެވެ. އެ އޮތޯރިޓީން ކުރިން ބުނެފައިވާ ގޮތުގައި، ރޯދަ އިނާޔަތް ނުދީގެން މިދިޔަ އަހަރު އެ އޮތޯރިޓީއަށް 65 ޝަކުވާ ހުށަހެޅިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު