ދުނިޔޭގެ އެންމެ ގިނަ ބަޔަކަށް ކަމުދާ ދިހަ އެއާލައިންގެ ތެރޭގައި ރާއްޖޭގެ އެއާލައިނެއް ކަމަށްވާ މަންޓާ އެއާ ހިމެނިއްޖެއެވެ.
އެންމެ ގިނަ ބަޔަކަށް ކަމުދާ ދިހަ އެއާލައިންގެ ތެރޭގައި މަންޓާ އެއާ ހިމެނުނީ، ދުނިޔޭގެ އެކި ގައުމުތަކުގައި އޮޕަރޭޓްކުރާ އެއާލައިންތަކުން ހިދުމަތް ހޯދާ ކަސްޓަމުރުންނަށް އޮންލައިންކޮށް "އެސް މަނީ" އިން ކުރިއަށްގެންދިޔަ ސާވޭއަކުންނެވެ.
އެ ސާވޭއަށްފަހު "އެސް މަނީ" އިން އާންމުކުރި ރިޕޯޓުގައި ވަނީ ކަސްޓަމަރުންގެ ފީޑް ބެކްއާ އެއްގޮތަށް އެއާލައިންތަކުގެ ލިސްޓު އެކުލަވާލައިފައެވެ. އެ ލިސްޓުގައި އެއާލައިންތައް ލިސްޓު ކޮށްފައިވަނީ ޕޮޒިޓްވް އަދި ނެގެޓިވް ފީޑްބެކަށް ބަލައި، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައެވެ.
އެސް މަނީގެ ރިޕޯޓުގައި ކަސްޓަމަރުންނަށް އެންމެ ކަމުދާ އަދި އެންމެ ކަމުނުދާ އެއާލައިންތައް ވެސް ވަނީ ހިމަނައިފައެވެ. އެ ލިސްޓުގައި އެންމެ ގިނައިން ހިމެނިފައިވަނީ ކެނެޑާގެ އެއާލައިންތަކެވެ. އެންމެ ކަމުދާ ދެ އެއާލައިނަކީ ވެސް ކެނެޑާގެ ދެ އެއާލައިނެކެވެ. އެންމެ ކަމުނުދާ އެއާލައިންތަކުގެ ލިސްޓުގައި ވެސް ކެނެޑާގެ ތިން އެއާލައިނެއް ހިމެނިފައިވެއެވެ.
އެ ލިސްޓުގައިވާ ގޮތުން ދުނިޔޭގެ އަށްވަނައަށް އެންމެ ކަމުދާ އެއާލައިނަކީ ރާއްޖޭގެ މަންޓާ އެއާ އެވެ. އެސް މަނީގެ ރިޕޯޓުގައިވާ ގޮތުން 42.3 ޕަސަންޓް މީހުން ވަނީ މަންޓާ އެއާ ކަމުދާ ކަމަށް ބުނެފައެވެ.
ސާވޭގެ ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ އެންމެ ކަމުދާ އެއާލައިނަކީ ކެނެޑާގެ ބެއާސްކިން އެއާލައިންސްއެވެ. އެ އެއާލައިން ކަމުދާ ކަމަށް ސާވޭގައި ބައިވެރިވި 53.4 ޕަސަންޓް މީހުން ވަނީ ބުނެފައެވެ.
އެންމެ ކަމުނުދާ އެއާލައިނަކީ އިންޑިއާގެ ގޯ ފަސްޓް އެއާލައިނެވެ. އެ އެއާލައިން ކަމުނުދާ ކަމަށް 73.8 ޕަސަންޓް މީހުން ވަނީ ބުނެފައެވެ. ގޯ ފަސްޓް އެއާލައިންގެ އިތުރުން އިންޑިއާގެ ސްޕައިސް ޖެޓް ވެސް އެންމެ ކަމުނުދާ ދިހަ އެއާލައިންގެ ތެރޭގައި ހިމެނުނެވެ. ލިސްޓުގެ ދިހަ ވަނައިގައި އޮތް ސްޕައިސް ޖެޓް ކަމުނުދާ ކަމަށް 61.1 ޕަސަންޓް މީހުން ބުނެފައިވެއެވެ. އެންމެ ކަމުދާ ލިސްޓުގައި އިންޑިއާގެ އެއާލައިނެއް ހިމެނިފައެއް ނުވެއެވެ.
- ބެއާސްކިން އެއާލައިންސް، ކެނެޑާ
- ޕެސިފިކް ކޯސްޓަލް އެއާލައިންސް، ކެނެޑާ
- ޓީއޭޕީ އެކްސްޕްރެސް، ޕޯޗުގަލް
- ކެނޭޑިއަން ނޯތު، ކެނެޑާ
- އޯރިކް އެއާ، ޓެންޒޭނިއާ
- ފިޖީ އެއާވޭސް، ފިޖީ
- ޓްރޮފިކް އެއާ، ބެލީޒް
- މަންޓާ އެއާ، ދިވެހިރާއްޖެ
- އެއާކެންޔާ އެކްސްޕްރެސް، ކެންޔާ
- ޕްރޯފްލައިޓް ޒެމްބިއާ، ޒެމްބިއާ
- ގޯ ފަސްޓް، އިންޑިއާ
- ޓީއޭޕީ އެއާ ޕޯޗުގަލް، ޕޯޗުގަލް
- ޖެޓްސްޓާ އެއާވޭސް، އޮސްޓްރޭލިއާ
- ވެސްޓްޖެޓް، ކެނެޑާ
- ފްލެއާ އެއާލައިންސް، ކެނެޑާ
- ވުއެލިންގް، ސްޕެއިން
- އެއާ ޓްރާންސެޓް، ކެނެޑާ
- ސްޕިރިޓް އެއާލައިންސް، އެމެރިކާ
- ފްރޮންޓިއާ އެއާލައިންސް، އެމެރިކާ
- ސްޕައިސްޖެޓް، އިންޑިއާ
ޚަބަރު
ޚަބަރު
ޚަބަރު