ބ. އަތޮޅު ފަޅުރަށުން ފަޅާލާފައި އޮތް ހަ ވެލާ ފެނުނު ކަމަށާއި އެކަން ކުރަން ތިބީ އެ އަތޮޅު ކެންދޫ ބައެއް ކަމަށް އެންވަޔަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ހަވީރު ފަޅު ރަށަށް ފުލުހުން އެރިއިރު, އެ ބުނާ ކެންދޫ މީހުން ތިބީ ވެލާ ފަޅައިގެން ކައްކާށެވެ.
އީޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ, ވެލާ ފެޅުމުގައި އުޅުނީ ފަސް މީހަކު ކަމަށާއި އެ އެންމެންނަކީވެސް ކެންދޫ މީހުން ކަމަށެވެ. އަދި އެ މީހުން ތިބި ތަނުން ވަރަށް ގިނަ އަދަދަކަށް ވެލާ މަސް ފެނުނު ކަމަށް ބުންޏެވެ.
އީޕީއޭ އިން ބުނީ, ފުލުހުންނާއެކު އެ އެޖެންސީ އާއި ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވްގެ އޮފީހުގެ މުވައްޒަފަކުވެސް ފަޅު ރަށަށް ދިޔަ ކަމަށާއި ހެކި ހޯދުމުގައި އެ މުވައްޒަފުން ފުލުހުންނަށް އެހީތެރިވެދިން ކަމަށެވެ. ވެލާ ފެޅި އެންމެންގެ ބަޔާން ނެގުމަށްފަހު ދޫކޮށްލި ނަމަވެސް ތަހުގީގު ނިމުމުން އެ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭއިން ބުންޏެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން، ހިމާޔަތްކޮށްފައިވާ ވެލާ ކަހަނބުގެ ބާވަތެއް ހިފައި، ގެންގުޅެ އެއަށް ގޯނާކުރުމަކީ މަނާ ކަމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު