ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާގައި ދެކުނު އޭޝިއާ ސަރަހައްދުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއަހަރު ވެސް ވިޒިޓާސް ޗޮއިސް އަދި ސްޕެޝަލް ރިކޮގްނިޝަން އެވޯޑްސް އާއެކު ޖުމުލަ 52 ކެޓަގަރީއަކަށް ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ސަޓާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަޓާގެ ވެބްސައިޓް މެދުވެރިކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.
ސަރަހައްދީ ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ ދާއިރާގެ ކުރިއެރުމަށް ސަޓާ އިން ކުރަމުން އަންނަ މަސައްކަތުގެ އަގުވަޒަންކޮށް 15 އަށްވުރެ ގިނަ ބައިނަލްއަގުވާމީ އަދި ސަރުކާރުގެ އިދާރާތަކުން ސަޓާ އެވޯޑްސް ވަނީ އެންޑޯސްކޮށްފައެވެ.
ސަޓާ އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު ސްރީލަންކާގެ ކޮލަމްބޯގައެވެ. މިއީ ސާޓާ އެވޯޑްސް ބާއްވާ ހަތް ވަނަ އަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު