އިރާގުގެ ބަސަރާގައި ކުރިއަށްދާ އެރޭބިއަން ގަލްފު ކަޕްގެ ފައިނަލަށް އޮމާނާއި އިރާގު ދަތުރުކޮށްފިއެވެ. ފައިނަލް މެޗު ފަށާނީ މާދަމާރޭ މާލޭ ގަޑިން ނުވަގަޑިބައިގައެވެ.
އިރާގު ފައިނަލަށް ދިޔައީ ހޯމަ ދުވަހުގެ ރޭ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި އޭޝިއާގެ ޗެމްޕިއަން ގަތަރާ ވާދަކޮށް ދޭއްއެކަކުން މޮޅުވެގެންނެވެ. މެޗު ފެށިގެން ނިމެންދެންވެސް އެއްވާނެއްގައި އެޓޭކިން ފުޓްބޯޅައެއް ކުޅުނު އިރާގަށް ލަނޑުޖަހައިދިނީ އިބްރާހިމް ބާޔިޝް ކާމިލް ކައުބަވީ އާއި އައިމަން ހުސައިންއެވެ. މި ދެ ގޯލްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. ގަތަރުގެ ހަމައެކަނި ގޯލްޖަހައިދިނީ އަމްރޫ އަބްދުލްފައްތާހު އަލީސުރާގެވެ.
އޮމާން ފައިނަލަށް ދިޔައީ ސެމީފައިނަލްގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބަހުރޭނާ ވާދަކޮށް އެކެއް ސުމަކުން މޮޅުވެގެންނެވެ. ލަނޑު ޖަހައިދިނީ ފަހުހާފުގެ ފަހުބައިގެ ތެރޭގައި ޖަމީލް އަލް ޔަހުމަދީއެވެ. ފައިނަލްގައި މިފަހަރު ކުޅޭ ދެ ޓީމަކީވެސް ގްރޫޕް އޭގައި ހިމެނުނު ދެ ޓީމެވެ.
އެރޭބިއަން ގަލްފުކަޕުގައި މިފަހަރު ވާދަކުރީ ޖުމްލަ އަށް ގައުމެވެ. އިރާގާއި އޮމާން ހިމެނުނީ ގްރޫޕް އޭގައެވެ. ސައޫދީ އަރަބިޔާ އާއި ޔަމަން ހިމެނުނީވެސް އެ ގްރޫޕްގައެވެ. ގްރޫޕް ބީގައި ބަހުރޭނާއި ގަތަރުގެ އިތުރުން ދެން ހިމެނުނީ ކުވޭތާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއެވެ. މިގްރޫޕްގެ ފުލަށް ދިޔައީ އެމިރޭޓްސްއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު