ކަލާފާނު ސްކޫލުގެ ފޭސްބުކް ޕޭޖު ހެކް ކުރި މައްސަލަ ބަލަން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، ކަލާފާނު ސްކޫލުގެ ފޭސްބުކް ޕޭޖު ހެކްކޮށް، ޕޭޖުގެ ކޮންޓްރޯލް ގޮތް ނޭނގޭ ފަރާތަކުން ނަގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހަށް ހުށަހަޅައިގެން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މި ދަނޑިވަޅުގައި ސްކޫލުގެ ނަމުގައި އެ ފޭސްބުކް އެކައުންޓުން ލިޔާ ޕޯސްޓުތަކާއި ކުރާ ކޮމެންޓުތަކަކީ ކަލާފާނު ސްކޫލުން ކުރާކަމެއް ނޫންކަމުގައި ދަންނަވަމެވެ" އެޑިއުކޭޝަނުން ބުންޏެވެ.
ކަލާފާން ސްކޫލުން ޕޭސްބުކް ޕޭޖުން އެންމެ ފަހުން ޕޯސްޓެއް ކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އެއީ އެއީ ލިޓްލް މެއިޑް ލީޑަރެއް ޓްރެއިނިންއެއް ނިންމުމުން މަރުހަބާ ކިޔައި ކޮށްފައިވާ ޕޯސްޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު