ދަރުބާރުގޭގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ލިވިން އެކްސްޕޯގައި ރެފްކޫލްގެ ސްޓޯލަށް ޒިޔާރަތްކޮށްގެން އެންޑްރޮއިޑް ޓީވީ އެއް ލިބޭ ހާއްސަ ލަކީޑްރޯ އެއް ފަށައިފިއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ރެފްކޫލްގެ މާކެޓިން އެގްޒެކްޓިވް މިދުހަތު އަބޫބަކުރު އިއްޔެ ވިދާޅުވީ މި ލަކީޑްރޯއަކީ ލިވިން އެކްސްޕޯއިން އެކުންފުނީގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ ހާއްސަ ލަކީޑްރޯއެއް ކަމަށެވެ.
އެގޮތުން އެ ސްޓޯލަށް ޒިޔާރަތްކުރުމަށްފަހު ކިއުއާރް ކޯޑް ސްކޭން ކުރުމަށްފަހު ކޫޕަން ފުރާލުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އަދި ލަކީޑްރޯގައި ބައިވެރިވާ ހުރިހާ ފަރާތްތަކުގެ މެދުގައި ގުރު ނެގުމަށްފަހު ހޮވޭ ނަސީބުވެރިއަކަށް އިނާމެއްގެ ގޮތުން "ޖޭވް" ބްރޭންޑުގެ އެންޑްރޮއިން ޓީވީ އެއް ލިބޭނެ ކަމަށް މިދުހަތު ވިދާޅުވިއެވެ.
"ޖޭވް" ޓީވީ އަކީ ރެފްކޫލުން މިއަހަރު ރާއްޖޭގެ ބާޒާރަށް ނެރުނު އެންޑްރޮއިން ސްމާޓް ޓީވީ އެކެވެ. މި ބްރޭންޑުގެ ޓީވީ ރާއްޖޭގައި ވިއްކަނީ ވެސް ރެފްކޫލުން އެކަންޏެވެ. ރެފްކޫލުން މައުލޫމާތު ދޭގޮތުގައި މި ބްރޭންޑުގެ ޓީވީއަކީ މިހާރު ރާއްޖޭގެ ބާޒާރުގައި ހުރި ޓީވީތަކާ އަޅައި ބަލާއިރު، ޑިސްޕްލޭ ކުލަ އަދި ޓީވީގެ ޕިކްޗާ ކޮލެޓީވެސް ރަނގަޅު ޓީވީއެކެވެ. މި ޓީވީތަކުގައި ހުންނާނީ އެންޑްރޮއިޑްގެ އެންމެ ފަހުގެ ސޮފްޓްވެއާއެވެ.
މިދުހަތު ވިދާޅުވީ ލަކީޑްރޯގެ އިތުރުން ސްޓޯލަށް ޒިޔާރަތްކޮށްގެން އެކުންފުނިން ފޯރުކޮށްދޭ ކޫލިން ސޮލިއުޝަންތަކާ ބެހޭ ހުރިހާ މައުލޫމާތެއްވެސް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އާންމު ދިރުއުޅުމަށް ބޭނުންވާ ކޫލިން ސިސްޓަމްތަކާއި އޮފީސް ބޭނުންތަކަށާއި އެހެނިހެން ބޭނުންތަކަށް އެކުންފުނިން ފޯރުކޮށްދޭ ކޫލިން ސިސްޓަމްތަކާ ގުޅޭ މައުލޫމާތާއި އެ ސިސްޓަމްތައް ބޭނުންކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިދުހަތު އިތުރަށް ވިދާޅުވި ގޮތުގައި މިއަހަރުގެ ލިވިން އެކްސްޕޯގައި ރެފްކޫލުން ބައިވެރިވެފައި ވަނީ އެކްސްޕޯގެ ގިފްޓް ޕާޓްނާއެއް ގޮތުގައި ކަމަށެވެ. އެހެންކަމުން ލިވިން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރިއަކަށް ހޮވޭ ފަރާތަށް އެ އިވެންޓު މެނޭޖާ، ހައިރައިޒް އިން ދޭ ހާއްސަ އިނާމަށް ރެފްކޫލުގެ ފަރާތުން ގްރީ އޭސީއެއް ހަދިޔާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވްސް ލިވިން އެކްސްޕޯއަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ވިޔަފާރިތަކުގެ ހިދުމަތްތައް ދައްކާލައި، ވިޔަފާރީގެ މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ޕީއާރު އަދި މާކެޓިން ކުންފުންޏެއް ކަމަށްވާ ހައިރައިޒް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކޮށްގެން ބާއްވާ އެކްސްޕޯއެކެވެ. މިއީ މި އެކްސްޕޯ ބާއްވާ ނުވަ ވަނަ އަހަރެވެ.
އިއްޔެ ހަވީރު ފެށި މި އެކްސްޕޯ މާދަމާއާ ހަމައަށް ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ދަރުބާރުގޭގަ ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު