ވިމެން އިން މެނޭޖްމަންޓް (ވިމް)ގެ ރާއްޖޭގެ ގޮފި، ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމްއެމްވީ) އިން ދޭ ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެންސް އެވޯޑްސް 2022 ގެ ފިރިހެން ޗެމްޕިއަންގެ އެވޯޑު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަށް ލިބިވަޑައިގަންނަވައިފިއެވެ.
ވިމްގެ ހަތަރު ވަނަ ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދުއެވެ.
އެ ރަސްމިއްޔާތުގައި ވިމްގެ ޗެއާޕާސަން ޑރ. ސުލޯޗަނާ ސެގެރާ އަދި ވިމްގެ ރާއްޖޭގެ ޗެޕްޓާގެ ރައީސާ، "ވަން އޮންލައިން" ގެ ޗެއާޕާސަން މިންހާ ފާއިޒް ރަޝާދާއި ސަރުކާރުގެ ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ވިމް މޯލްޑިވްސްއިން ވަނީ މިފަހަރު އަލަށް ތިން ކެޓަގަރީއަކުން އެވޯޑު ދީފައެވެ. އެއީ މޭލް ޗެމްޕިއަން އާއި އިންޓަނޭޝަނަލް ވުމެން އޮފް ދަ އިޔާ އަދި އެކްސްޕަޓިރޭޓް އެވޯޑެވެ. އޭގެތެރެއިން މޭލް ޗެމްޕިއަންގެ އެވޯޑު ހާސިލުކުރެއްވީ އާޒިމްއެވެ.
ރޭގެ ރަސްމިއްޔާތުގައި ވިމްއިން ވަނީ 45 ފަރާތަކަށް އެވޯޑް ދީފައެވެ.
މިއީ ވިމުން މި އެވޯޑް ބޭއްވި ފަސްވަނަ އަހަރެވެ. ވިމްއަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. ލަންކާގެ ވަޒީފާގެ ދާއިރާތަކުގައި އަދި ވިޔަފާރީގެ ދާއިރާތަކުގައި އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ވިމްގެ ގޮފިތައް ސްރީ ލަންކާގެ އިތުރުން ކެނެޑާގައި ހުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު