ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކާނަލް އިސްމާއީލް ނަސީރު އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ކައްދޫ އެއާޕޯޓުގެ ބޯޑުގެ މެމްބަރުގެ މަގާމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ނަސީރު އައްޔަން ކޮށްފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ކާނަލް އަހުމަދު ޝަރީފުގެ ބަދަލުގައި ކަމަށެވެ.
ކައްދޫ އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން ޝަރީފު ކޮށްދެއްވި ހިދުމަތްތަކަށް ޕީސީބީން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އަލަށް އެ މަގާމަށް އައްޔަންކުރި ނަސީރަށް މަރުހަބާ ކިޔައިފައެވެ.
ނަސީރުގެ އިތުރުން ދެން ކައްދޫ އެއާޕޯޓުގެ ބޯޑު މެމްބަރުންގެ ގޮތުގައި ތިއްބަވަނީ ޗެއާމަން ހަސަން ޒަމީލާއި ޒަކަރިއްޔާ މަންސޫރާއި މުހައްމަދު އިއާދު ހަމީދާއި ހުސެއިން އަލީ އާއި އަހުމަދު ވަހީދާއި އާމިނަތު އަލީގެ އިތުރުން އަހުމަދު ޝިފާޒެވެ.
ޕީސީބީން ސަރުކާރު ކުންފުނިތަކަށް ބޯޑު މެމްބަރުން އައްޔަންކޮށް ވަކިކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު