އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަޔާއި އޭނާގެ އަނބިކަނބަލުން ކެމީލާ، އެގައުމުގެ އުތުރުގެ ސަހަރެއްކަމަށްވާ ޔޯކަށް ބުދަދުވަހު ކުރެއްވި ޒިޔާރަތެއްގައި އެބޭފުޅުންނަށް ކުނިބިހުގެ ހަމަލާއެއް އަމާޒުވެއްޖެއެވެ.
ޔޯކުގެ އާއްމުންގެ ތެރެއަށް ރަސްގެފާނުގެ ދެކަނބަލުން ނުކުމެވަޑައިގެންނެވިތަނުން ކޮންމެވެސް މީހަކު ވަނީ އެދެބޭފުޅުންނާ ދިމާލަށް ކުނިބިސް އުކައިފައެވެ. މުޅިއެކު ތިން ބިސް އެއްލިކަމަށްވެއެވެ. އެއިން އެކައްޗަކުންވެސް ނުޖެހެއެވެ. ފުލުހުންވަނީ އެމީހާ ހައްޔަރުކޮށްގެން ގެންގޮސްފައެވެ.
ކުނިބިސް އުކުމުގެ އިތުރަށް ހުތުރުބަސްވެސް އެމީހާ ވަނީ ބޭނުންކޮށްފައެވެ. ކަލެއަކީ އަހަރެމެންގެ ރަސްގެފާނެއް ނޫނޭ، މި ގައުމު އާރާސްތުކުރީ އަޅުންގެ ލޭއޮހޮރުވައިގެންނޭވެސް ބުންޏެވެ. މަންޒަރުދުށް މީހުން ބުނާގޮތުން ރަސްގެފާނު ޗާލްސް އެތަނުން ބިހެއް ނަންގަވައިގެން އެމީހާއާ ދިމާލަށް އެއްލަވަން އުޅުއްވިއެވެ. ހުތުރު އެއްޗެހިގޮވީ އެވަގުތުގައެވެ.
ރަސްގެފާނު ޗާލްސް އެސަހަރަށް ވަޑައިގެންނެވީ ރާނީ އެލިޒަބަތުގެ ބޮޑު ބުދެއް އިފުތިތާހުކޮށްދެއްވުމުގެ ގޮތުންނެވެ. މި ހާދިސާ ހިނގި ވަގުތު ޔޯކު ސިޓީގެ މޭޔަރާއި ގިނަ އަދަދެއްގެ ފުލުހުންވެސް ރަސްގެފާނުގެ އަރިހުގައި ތިއްބެވެ. ކުނިބިހުގެ ހަމަލައަށްފަހު ވެސް ރަސްމީ ޝެޑިއުލާ އެއްގޮތަށް ހުރިހާ ކަމެއް ރަސްގެފާނުގެ ދެކަނބަލުން ވަނީ ފުރިހަމަ ކުރައްވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ