ރެފްކޫލް އިން ވޯލްޑްކަޕާ ދިމާކޮށް ފަށައިގެން ކުރިއަށްގެންދާ "ރެފްކޫލް ފެސްޓް" މިރޭ ނިމޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ޖޭވް އެންޑްރޮއިޑް ޓީވީ އާއި ޖޭބީއެލް އާއި ސައުންޑްބާ އާއި ޕޯޓެބްލް ސްޕީކަރުތަކުން ހާއްސަ ޑިސްކައުންޓު ތަކެއް ލިބޭނެއެވެ. އަދި ބައެއް ހޯމް އެޕްލަޔަންސް ޕްރޮޑަކްޓްތަކުން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށާއި މިއީ ކަސްޓަމަރުންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ރެފްކޫލް އިން ބުނެއެވެ.

މިދިޔަ އަންގާރަ ދުވަހު ފަށައިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 43 އިންޗީގެ ޖޭވް އެންޑްރޮއިޑް ޓީވީ އެއް ލިބޭނެއެވެ.

މިއަދަކީ މި ޕްރޯމޯޝަނުގެ އެންމެ ފަހު ދުވަހެވެ. އެގޮތުން މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދު ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް ހުޅުމާލޭގައި ހުންނަ ރެފްކޫލް ހުޅުމާލެ ފިހާރަ ކުރިމަތީގައެވެ. އަދި އެގަޑިތަކުގައި ޕްރޮމޯޝަންގެ ދަށުން ތަކެތި ލިބޭނެ ކަމަށާއި އެތަނަށް ގޮސް، ކިއުއާރު ކޯޑް ސްކޭންކޮށްލައިގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ރެފްކޫލް އިން ބުންޏެވެ.