ބައިނަލްއަގްވާމީ ޝެފުންގެ ދުވަހުގެ ހަރަކާތްތައް، ކެންގަރޫ ކިޑްސްގެ 900 ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންގޮސްފިއެވެ.
ޝެފުންގެ ދުވަހުގެ ހަރަކާތްތައް ބޭއްވީ ރާއްޖޭގެ ޝެފުންގެ ޖަމިއްޔާ އާއި "ޝެފްސް ގިލްޑް އޮފް މޯލްޑިވްސް" އާއި ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ގުޅިގެންނެވެ.
ޝެފުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ ދުޅަހެޔޮ މުސްތަގުބަލެއްގައި ހެދި ބޮޑުވުމެވެ.
ކެންގަރޫ ކިޑްސްގައި ޝެފުންގެ ދުވަހުގެ ހަރަކާތްތައް އިއްޔެ ކުރިއަށްގެންދިޔައީ ތިން ސެޝަނަކަށް ބަހާލައިގެންނެވެ. އެގޮތުން ސިއްހަތަށް ފައިދާ ހުރި ގޮތަށް ކެއުން ބެހެއްޓުމާއި، އާޓްސް އެންޑް ކްރާފްޓްސް ކިޔައިދިނުމުގެ އިތުރުން ތަރުކާރީ އަޅައިގެން ބިސްގަނޑު އަޅަން ދަސްކޮށްދިނުމުގެ ޝެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.
ކޮންމެ އަހަރެއްގެ އޮކްޓޯބަރު 20 ވަނަ ދުވަސް، ދުނިޔޭގެ ޝެފުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމުގެ މަގުސަދަކީ ކެއްކުމުގެ ފަންނު ކުރިއެރުވުމެެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު