ރެފްކޫލުން ކުރިއަށްގެންދިޔަ "ވިޒިޓް އެންޑް ވިން ޕްރޮމޯ" ގެ ނަސީބުވެރިޔާ މިއަދު ހޮވައިފިއެވެ.

މި ޕްރޮމޯޝަނަކީ އެއާ ކޮންޑިޝަންތަކަށް ހާއްސަކޮށްގެން ރެފްކޫލުން ފަރީދީ މަގުގައި މިދިޔަ މަހު ހުޅުވި އާ ޝޯރޫމަށް ޒިޔާރަތްކުރި މީހުންގެ މެދުގައި ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ.

އާ ޝޯރޫމު ހުޅުވައި އެތަނަށް ޒިޔާރަށްކުރާ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދިޔަ އެ ޕްރޮމޯޝަން ނިންމާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ރެފްކޫލުން މައުލޫމާތު ދޭ ގޮތުގައި އެ މުއްދަތުގައި 2،730 މީހުން ޕްރޮމޯޝަންގައި ބައިވެރިވެފައިވެއެވެ.

އެ ބައިވެރިންގެ ތެރެއިން ނަސީބުވެރިއަކު ހޮވުމަށް ބޭއްވި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީވެސް އަލަށް ހުޅުވި ޝޯރޫމުގައެވެ.

މިއަދު ކުރިއަށްގެންދިޔަ ގުރުއިން ނަސީބުވެރިއަކަށް ހޮވިފައި ވަނީ 9412229 ނަންބަރުގެ ވެރިފަރާތެވެ. އެ ފަރާތަށް އިނާމެއް ގޮތުގައި ލިބޭނީ 9000 ބީޓީޔޫގެ ގްރީ ބްރޭންޑްގެ އޭސީއެކެވެ.

ރެފްކޫލުން ފަރީދީ މަގުގައި މިދިޔަ މަހު ހުޅުވި އާ ޝޯރޫމުން 900 ބީޓީޔޫ އިން ފެށިގެން 100،000 ބީޓީޔޫ އާ ދޭތެރޭގެ ކޫލިން ސިސްޓަމްތައް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި ރެފްކޫލުގެ އެހެން އައުޓްލެޓްތަކުގައި ނެތް ކޮމާޝަލް ޕްރޮޑަކްޓްތަކާއެކު ކޯލްޑް ސްޓޯރޭޖްތަކަށާއި ބޮޑެތި މެގަ ހޯލްތަކަށްވެސް ކޫލިން ސޮލިއުޝަން ދެވޭނެ އޭސީތައް ހުރެއެވެ.

އޭގެ އިތުރުން އޭސީ ޔުނިޓުން ފެށިގެން ގޮސް އެންމެ ކުޑަ ކެޕޭސްޓަރާ ހަމައަށް ސްޕެއާތަކާއި އޭސީ ހަރުކުރަން ބޭނުންވާ ސާމާނު އެތަނުން ލިބޭނެއެވެ.