ރެފްކޫލް އިން އޭސީތަކަށް ހާއްސަ ޝޯރޫމެއް ފަރީދީމަގުގައި ހުންނަ މ. އާކާޝްގައި ހުޅުވައިފިއެވެ.
ރޭ ހުޅުވި މި އާޝޯރޫމާއެކު ރެފްކޫލުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފައެވެ. އެގޮތުން "ވިޒިޓް އެންޑް ވިން"ގެ ނަމުގައި ފެށި މި ޕްރޮމޯޝަންގައި، ޝޯރޫމަށް ޒިޔާރަތްކޮށްގެން ކިއުއާރް ކޯޑް ސްކޭން ކުރުމަށްފަހު، ކޫޕަން ފުރާލުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 9000 ބީޓީޔޫގެ ގްރީ ބްރޭންޑްގެ އޭސީއެއް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.
ޝޯރޫމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ރެފްކޫލްގެ މާކެޓިން އެގްޒެކްޓިވް މިދުހަތު އަބޫބަކުރު ވިދާޅުވީ, މި ޝޯރޫމުން 900 ބީޓީޔޫ އިން ފެށިގެން 100،000 ބީޓީޔޫ އާ ދޭތެރޭގެ ކޫލިން ސިސްޓަމްތައް ލިބެން ހުންނާނެ ކަމަށެވެ.
އޭގެ ތެރޭގައި އެހެން އައުޓްލެޓްތަކުގައި ނެތް ކޮމާޝަލް ޕްރޮޑަކްޓްތަކާ އެކު ކޯލްޑް ސްޓޯރޭޖްތަކަށާއި ބޮޑެތި މެގަ ހޯލްތަކަށް ވެސް ކޫލިން ސޮލިއުޝަން ދެވޭނެ އޭސީތައް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން އޭސީ ޔުނިޓުން ފެށިގެން ގޮސް އެންމެ ކުޑަ ކެޕޭސްޓަރާ ހަމަޔަށް ސްޕެއާތަކާއި އޭސީ ހަރުކުރަން ބޭނުންވާ ސާމާނު އެތަނުން ލިބޭނެ ކަމަށް މިދުހަތު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު