ރެފްކޫލް ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން ޖޭވް އެންޑްރޮއިޑް ޓީވީތަކުން ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ރެފްކޫލްގެ މާކެޓިން އެގްޒެކްޓިވް މިދުހަތު އަބޫބަކުރު 'ވަން' އަށް މިއަދު ވިދާޅުވީ ވޯލްޑްކަޕަށް ހާއްސަކޮށްގެން އެކުންފުނިން ކުރިއަށްގެންދާ އެ ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ރަނގަޅު ޕިކްޗާ ކޮލިޓީއެއްގެ ޓީވީއަކުން މެޗުތައް ބަލައިލުމުގެ ފުރުސަތު ފަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

އެ ޕްރޮމޯޝަނުގެ ދަށުން ޖޭވް ބްރޭންޑުގެ ޓީވީތަކުން ކަސްޓަމަރުންނަށް ބޮޑު ޑިސްކައުންޓުތަކެއް ލިބޭނެ ކަމަށާއި ޓީވީ ގަންނައިރު ހަ މަސް ދުވަހުގެ ވޮރެންޓީއާއި ސާވިސްކުރުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ޖޭވް އެންޑްރޮއިޑް ޓީވީއަކީ ރެފްކޫލް އިން މިދިޔަ މަހު ރާއްޖޭގެ ބާޒާރަށް އަލަށް ނެރުނު ޓީވީއެކެވެ. އެ ޓީވީއަކީ މިހާރު ރާއްޖޭގެ ބާޒާރުގައި ހުރި ޓީވީތަކާ އަޅައި ބަލާއިރު ޑިސްޕްލޭގެ ކުލައާއި ޕިކްޗާ ކޮލެޓީވެސް ރަނގަޅު ޓީވީތަކެކެވެ. އަދި އެންޑްރޮއިޑްގެ އެންމެ ފަހުގެ ސޮފްޓްވެއާ ހުންނަ އެ ޓީވީތަކަކީ މިހާރު ރާއްޖޭގެ ބާޒާރުގައި ލިބެން ހުރި މި ކޮލިޓީގެ ޓީވީތަކާ އަޅައިބަލައި އިރު އަގުވެސް ހެޔޮ ޓީވީތަކެއް ކަމަށް ރެފްކޫލް އިން މައުލޫމަތުދެއެވެ.

ރެފްކޫލް އިން ވަނީ ޖޭވް ޓީވީގެ 32 އިންޗިން ފެށިގެން 82 އިންޗިއާ ދޭތެރޭގެ ހަ ސައިޒެއްގެ ޓީވީ ބާޒާރަށް ނެރެފައެވެ. އެ ޓީވީތަކުގެ އަގު އުޅެނީ ގާތްގަނޑަކަށް 2،500 ރުފިޔާއިން ފެށިގެން 25،000 ރުފިޔާއާ ދޭތެރޭގައެވެ.

ރެފްކޫލް ވޯލްޑް ކަޕް ފޯރި ޕްރޮމޯޝަން ކުރިއަށްގެންދާނީ އަންނަ ޑިސެމްބަރު 18ގެ ނިޔަލަށެވެ.

ޖޭވް ޓީވީ ރެފްކޫލްގެ މާލެ އައުޓްލެޓާއި ސޯސަންމަގުގައި ހުންނަ ލެޓްސް ކޫލް އައުޓްލެޓް އަދި ހުޅުމާލޭގައި ހުންނަ ލެޓްސް ކޫލް އައުޓްލެޓުން ލިބޭނެއެވެ.